16 ޖޫޏް 2019 ( އާދީއްތަ )

ނޮވެމްބަރ މަހު 1 ވަނަ ދުވަހު ފުވައްމުލަކަށް ވައިގެ މަގުން އެތެރެ ކުރުމަށް މަސައްކަތް ކުރި މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި. ފޮޓޯ:ޕޮލިސް

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާއިއެކު ފުވައްމުލަކު އެއަރޕޯރޓްއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާ އެއްޗެހި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ތަކަކާއި އެކު މީހަކު ފުވައްމުލަކު އެއަރޕޯރޓް އިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ހިންގި އޮޕަރޭޝަނުގައި ފުވައްމުލަކުން ހައްޔަރުކޮށް ފައި ވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންގެ ހާމަކުރެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ގައި މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 17:25 ހާއިރު ފުވައްމުލަކު އެއަރޕޯޓުންކަމަށް ފުލުހުން ހާމަކުރެއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސް ކުރި އިރު މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސް ޕެޓީ ކޮތަޅެއް ވަނީ ފެނިފައެވެ. މިތަކެތި ފެނިފައި ވަނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާގެ ކުރިމަތި ފަރާތުގައި ޓޭޕް އަޅައި ބަނދެ ފައި ވަނިކޮށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި ބަދުއަޚްލާޤީ މައްސަލައިގެ އިތުރުން ވައްކަމާއި މަސްތުވާ ތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު