A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ ކުނި މެނޭޖްކުރުން ރޯޑް ކޯޕަރޭޝަނާއި ހަވާލުކޮށްފި

ފުވައްމުލަކުގެ ކުނިކޮށި މެނޭޖު ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ފޮޓޯ:އެންވަޔަރމެންޓް މިނިސްޓްރީ

ފުވައްމުލަކުގެ ކުނިކޮށި މެނޭޖު ކުރުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. ފުވައްމުލަކުގެ ކުނިކޮށި މެނޭޖް ކުރުމަށް އެމްއާރުޑީސީ އާއި މިއަދު ހަވާލުކޮށްފައިވަނީ ތިމާވެއްޓާއި ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

ފުވައްމުލަކުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ފެކަނަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. ނަމަވެސް މިއަދު އެ މަސައްކަތް އެމްއާރުޑީސީއާ ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު އޮފީހުގައި އެ މަސައްކަތް ކުރާނެ އާލަތްތަކާއި އެތަކެތި ހިންގާނެ މުވައްޒަފުން ނެތުމުގެ ސަބަބުން އެ މަސައްކަތް އެކަށީގެންވާ ފެންވަރެއްގައި ކުރެވިފައި ނުވާތީ ކަމަށް އެންވަޔަރަންމެންޓު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެކަށީގެންވާ ގޮތެއްގައި ކުނި ކޮށީގެ މަސައްކަތް ފެނަކަ އަށް ނުކުރެވުމުގެ ސަބަބުން އެރަށު ކުނި ކޮށީގައި އެތައްފަހަރެއްގެ މަތިން ރޯވެ، އެސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށެވެ.

ފުވައްމުލަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގޭގެއިންނާއި ވިޔަފާރި ކުރާ ތަންތަނުން، އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުން އެކަށީގެންވާ ވަރުގެ ފީއެއް ނަގައިގެން، އެ ފީ އިން މަސައްކަތުގެ ހަރަދުތައް ހަމަޖައްސައިގެންނެވެ.

އަދި އެ މަސައްކަތުގެ އިތުރަށް ބޭނުންވާ ހަރަދުތަކަށް ހަމަޖައްސާނީ ސަރުކާރުން ވަކި ސީލިންގް އެއްގެ ދަށުން ސަބްސިޑީ އެއް ދައްކާގޮތަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ހަރަށެއްގެ ކުނިކޮށި މެނޭޖްކުރުމަށްވެސް އެމްއާރުޑީސީ އާއި މިއަދު ވަނީ ހަވާލުކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !