9 ޑިސެމްބަރ 2019 ( ހޯމަ )

ބައިނަލް އަގުވާމީ ގޮނޑުދޮށްތައް ސާފުކުރުުގުގެ ހަރަކާތުގައި ފވމ ސިޓީން ބައިވެރިވަނީ

މާދަމާ ހެނދުނު ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ފެށޭނީ ރަސްމީ ބޯޅަ ދަނޑުން

ބައިނަލް އަގުވާމީ ‘ކޯސްޓަލް ކްލީން އަޕް ޑޭ’އާއި ގުޅުވައިގެން ރާއްޖޭގައި ބާއްވާ ގޮޑުދޮށްތައް ސާފުކުރުމުަގއި ފުވައްމުލައް ސިޓީއިން ބައިވެރިވާން ތައްޔާރު ވެއްޖެއެވެ.

މިހަރަކާތުގައި ފުވައްމުލައް ސިޓީގެ ސްކޫލަތަކާއި އަމިއްލަ ޖަމްއިއްޔާތަކާއި ދައުލަތުގެ އިދާރާތަކުން ބައިވެރިވެއެވެ. މީގެ އިތުރުން ކޮންމެ މީހަކަށް ވެސް މިހަރަކާތުގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިަފއެވެ.

މިހަރަކާތް ފެށިގެން ދާނީ މާދަމާ ހޮނިހިރު (21 ސެޕްޓެމްބަރ) ދުވަހު ހެނދުނު 7:00 ގައި ފުވައްމުލައް ސިޓީ ރަސްމީ ބޯޅަ ދަނޑުުންނެވެ.

ބައިނަލް އަގުވާމީ ގޮޑުދޮށް ސާފުކުރުމުގެ ދުވަހަކީ 21 ސެޕްޓެމްބަރު އެވެ. މިއަހަރުގެ ޝިއާރަކީ “ހާނެސިން ދަ ޕަވަރ އޮފް ޕީޕަލް ޓް ފައިޓް އޯޝަން ޓްރޭޝް” އެވެ. އާދެ، ކަނޑަށް އުކާލެވޭ ކުނިތަކާއި ދެކޮޅަށް އާއްމު ރައްޔިތުން ބާރުވެރި ކުރުވުމެވެ.

މިއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމުގެ ގޮތުން ކަނޑަށް އުކާލެވޭ ކުނީގެ ބާވަތްތައް ދެނެގަނެ އެކަންކަން މަދުކުރުމަށް ކުރެވިދާނެ ކަންކަން ބެލުމުގެ ގޮތުންނާއި ކަނޑަށް ކުނި ނޭޅުމަށް އާމުން ހޭލުން ތެރިކުރުމުގެ ގޮތުން ހިންގޭ ހަރަކާތެކެވެ.



ކިޔުންތެރިންގެ ޚިޔާލު