A wide advertisement which will be shown on all devices. (700 x 100)

“އެންމެ އަލިގަދަ ތަރި” ގެ ފުވައްމުލަކު އޮޑިޝަން މިއަދު ބާއްވައިފި

އެންމެ އަލިގަދަ ތަރީގެ ފުރަތަމަ އޯޑިޝަނަށް ރެޖިސްޓްރީ ކުރުން ކުރުނދުމާ މާލަމުގެ ފެންޑާގައި

“އެންމެ އަލިގަދަ ތަރި” ގެ ނަމުގައި ޕަބްލިކް ސާވިސް މީޑިއާއިން ބާވަން ތައްޔާރުވަމުންދާ ކީރިތި ޤުރުއާން ރިތިކޮށް ކިޔެވުމުގެ މުބާރާތުގެ ފުވައްމުލަކު އޯޑިޝަން މިއަދު ބާއްވައިފިއެވެ. މިއޯޑިޝަން ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 9:00 ން ރޭގަޑު 9:00 އަށް އަތޮޅު ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާން ކިޔެވުމަށް ލޯބި ކުރާ ފަރާތްތައް އުފައްދުމަށާއި ކީރިތި ޤުރުއާނަށް މުޖުތަމައުގައި ކުރާ ގަދަރާއި އިހްތިރާމް އިތުރުކުރުމުގެ މަގުސަދުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބާއްވާ މުބާރާތެއް ކަމަށް އެފަރާތުން ހާމަކުރެއެވެ. މިމުބާރާތުގެ އޯޑިޝަން ފުވައްމުލަކުގައި ބޭއްވޭ މިއީ ފުރަތަމަ ފަހަރެވެ. އަދި މިއަހަރުގެ ފުރަތަމަ އޯޑިޝަން މިބޭއްވެނީ ވެސް ފުވައްމުލަކުގައިއެވެ.

މިއޯޑިޝަނުން 7 ފަރާތެއް ދެވަނަ ބުރަށް ވަނީ ހޮވިފައެވެ.

‘އެންމެ އަލިގަދަ ތަރި‘ މިމުބާރާތަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަމަހު ޕީއެސްއެމުން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި މުބާރާތަުގެ އެއްވަނައަށް އަންނަ ފަރާތަކަށް ބައި މިލިއަން ރުފިޔާ ހުށްހަޅާފައިވާ ކަމަށް ޕީއެސްއެމުން ވަނީ ހާމަކޮށްފައެވެ.

މުބާރާތުގެ ޕްރޮޑިއުސާ އަލީ ރިލްވާން މީޑިއާއަށް މައުލޫމާތު ދެއްވާފައިވާ ގޮތުން މިއޯޑިޝަނަށް ފުވައްމުލަކުން ރަނގަޅު ތަރުހީބެއް ލިބުނެވެ. 
ފުވައްމުލަކަކީ ރާއްޖޭގެ ނިސްބަތުން ވެސް މޮޅަށް އަދި ރީތިކޮށް ކީރިތި ގުރުއާން ކިޔަވާ ހާފިޒުން ގިނަ ރަށެކެވެ. ރާއްޖޭގެ ރަސްތަކުގެ ތެރެއިން ހާފިޒުން އެންމެ ގިނަ ރަށަކީ ފުވައްމުލައް ކަމުގައި ޒަމާނުއްސުރެ އަންނަނީ ބެލެވެމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !