A wide advertisement which will be shown on all devices. (700 x 100)

ހީނާގެ އެހީތެރިކަމާއެކު ފުވައްމުލަކު އަންހެން ފުޓުބޯޅަ ޓީމެއް

ދާދި ފަހުން ފުވައްމުލަކުގައި ކުޅެވުނު އަންހެން ފުޓްސަލް މެޗެއްގެ ތެރެއިން. ފޮޓޯ އަތޮޅު ކައުންސިލް

ރަށުފެންވަރުގެ އަންހެން ފުޓުބޯޅަ ޓީމެއްގެ ޕްރެކްޓިސް ފުވައްމުލަކުގައި ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފުވައްމުލަކުގައި ކުޑަކުދިންގެ ފުޓުބޯޅަ ޓްރެއިނިން އެކަޑަމީއެއް ހިންގަމުން އަންނަ ހީނާ އަހުމަދު ސަލީމުގެ އެހީތެރިކަމާއެކު ފަރިތަކުރުންތައް ކުރިޔަށް ގެންދާ މިޓީމުގައި ރަށުގެ އެކި ސަރަހައްދުގެ އަންހެން ކުޅުންތެރިން ހިމެނެއެވެ.

ހީނާ މައުލޫމާތު ދެއްވި ގޮތުގައި މިޓީމަކީ ފުޓުބޯޅަ ކުޅެން ބޭނުންވާ އަންހެން ކުދިންކޮޅެއް އަމިއްލައަށް އިސްނަގައިގެން ފެށި ހަރަކާތެކެވެ. މިޓީމަށް ކުޅެން ބޭނުންވާ ކޮންމެ މީހަކަށް މިހާރުވެސް ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައިކަމަށް އޭނާ ވިދާޅުވިއެވެ.

ހީނާ ގެ ކޯޗުކަމުގައި ރޭ މިޓީމުގެ ޕްރެކްޓިސް ކުރިޔަށް ގެންގޮސް ފައިވަނީ ފުނާޑު ކަނދުވަލި ދަނޑުގައެވެ. ރޭގެ ޕްރެކްޓިސްގައި 15 ވަރަކަށް ބައިވެރިން ޓީމުގައި ހިމެނުނެވެ.

މިޓީމުގެ ޕްރެކްޓިސް ކުރިޔަށް ދަނީ މިސްކިތްމަގު ފުޓްސަލް ދަނޑުގައެވެ. ނަމަވެސް ރޭގައި އެދަނޑު އެހެން މުބާރާތަކަށް ތައްޔާރުކުރާތީ ކަނދުވަލި ދަނޑަށް ޓްރެއިނިންގ ބަދަލުކޮށްލީ ކަމަށް ހީނާ މައުލޫމާތު ދެއްވިއެވެ.

ހިނާގެ އާލީޓަޗް ފުޓްބޯލް އެކަޑެމީގެ ކަންތައްތައް ބެލެހެއްޓުމަށް ފުވައްމުލަކަށް ކުރާ ދަތުރުތަކުގައި މިޓީމަށް ޚާއްސަ ޓްރެއިނިން ސެޝަންތަކެއް ކުރިޔަށް ގެންދާ ކަމަށް ވެއެވެ.

މިޓީމުގެ ކުދިންގެ އެދުމުގެމަތިން އެކުދިންނަށް ތަމްރީނުތަކުގައި ބޭނުންކުރުމަށް ބިބް އަދި ބޯޅަ ވެސް މިވަނީ ހޯދާދީފައި ކަމަށް ހީނާ ވިދާޅުވިއެވެ. “އެހެރީ މިފަހަރު ގެނެސް ދިން 5 ބޯޅަ. މި ބޯޅަތައް އެއްވެސް ކުއްޖަކަށް ނުދެން. މިއީ ޓީމަށް ދިން ބޯޅަ ތަކެއް. ރައްކާތެރިކަމާއެކު ތަކެތި ބަލަހައްޓާނީ އީޓީއެފްއޭއިން. މިކުދިން ޓްރެއިނިން އަށް ބޭނުން ކޮންމެ ފަހަރަކުވެސް ލިބޭގޮތަށް ރައްކާތެރިކަމާއެކު ބެހެއްޓިފައި ހުންނާނީ” ހީނާ ކިޔައި ދިނެވެ.

ރޭގެ ޓްރެއިނިން ބެލުމަށް ދިޔަ ރާއްޖޭގެ އަންހެން ފުޓުބޯޅައިގެ މައުލޫމާތު އެނގޭ ފަރަތަކުން ހާމަކުރި ގޮތުގައި މިޓީމުގައި ރާއްޖޭގެ ނިސްބަތުން ފެންވަރު ރަނގަޅު އަންހެން ފުޓުބޯޅަ ކުރުމތެރިން އެބަތިއްބެވެ. ޓީމެއްގެ ގޮތުގައި މިޓީމު ތަމްރީނު ކުރެވިއްޖެ ނަމަ ގައުމީފެންވަރެއްގައި ވެސް މިޓީމަށް ކާމިޔާބީތަކެއް ހާސިލުކުރެވިދާނެ ކަމަށް ދެކޭ ކަމަށް އެފަރާތުން ހާމަކައްވިއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަންހެން ފުޓްސެލް މުބާރާތަކީ ކްލަބް މޯލްޑިވްސް މުބާރާތްކަމަށް ވާއިރު، އެމުބާރާތުގައި ވަދަކުރާ ޓީމުތަކުގެ ގިނަ ކުޅުންތެރިންނަށް ވުރެ މިޓީމުގެ ގިނަ ކުޅުންތެރިންގެ ބޯޅައިގެ ޓަޗްތައް ރަނގަޅު ކަމަށާއި ބޯޅައަށް މާފަރިތަކަމަށް އެފަރާތުން ބުންޏެވެ. ބޯޅައިގައި ޖަހާ ގޮތާއިި ޕާސްތައް ވެސް ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.

މިއީ ފުވައްމުލަކު އަތޮޅު ކައުންސިލުން ދާދި ފަހުން
ބޭއްވި އަންފެން ފުޓްސަލް މުބަރާތަށްފަހު އުފެދިގެން އައި ޓީމެއްކަމަށް މައުލޫމަތު
ލިބެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !