A wide advertisement which will be shown on all devices. (700 x 100)

ގްލޯބަލް ކްލައިމެޓް ސްޓްރައިކްގައި ފުވައްމުލައް ސިޓީން ބައިވެރިވަނީ

މުޅިދުނިޔޭގައި ވެސް ތެޔޮ އެންދުމާއި ދެކޮށް އަޑުއުފުލާ ހަރަކާތް- ގްލޯބަލް ކްލައިމެޓް ސްޓްރައިކް

ގްލޯބަލް ކްލައިމެޓް ސްޓްރައިކްގައި ފުވައްމުލައް ސިޓީން ބައިވެރިވާން ތައްޔާރުވަމުން އެބަދެއެއެވެ. މިކަލް ނޫހަށް އެނގުނު ގޮތުގައި މިކަން ފުވައްމުލަކުގައި އިންތިޒާމު ކުރަނީ ސޭވް ފުވައްމުލައް ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކުންނެވެ.

ފުވައްމުލައް ސިޓިގައި މިހަރަކާތް ކުރިޔަށްގެންދާ ފަރާތުން އާއްމުކޮށްފައިވާ ޕޯސްޓަރުގައި ވާގޮތުން، ފުވައްމުލައްކުގައި މިހަރަކާތް އޮންނާނީ ދޫނޑިގަމު ބޮނޑުފަންނު ސަރަހައްދުގައި، 26 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހު ހަވީރު 4:30ގައެވެ. މިދުވަހާއި ގުޅިގެން އެފަރާތުން ކުރިޔަށްގެންދާނޭ ހަރަކާތެއްގެ މައުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ.

ފުވައްމުލައް ސިޓިން މިހަރަކާތުގައި ބައިވެރިވަނީ

ގްލޯބަލް ކްލައިމެޓް ސްޓްރައިކް ނުވަތަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާއި ދެކޮޅަށް ހަޅުތާލު ކުރުމުގެ ގޮތުން ކުރިޔަށް ގެންދާ މިހަރަކާތް އަމާޒުކުރެވިފައި ވަނީ ‘ފޮސިލް ފިއުލް’ ނުވަތަ ބިމުން ތެޔޮ ނެގުން ހުއްޓުވައިގެން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށެވެ. މިއީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ. މިހަރާކާތް ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު މަހު 20-27 އަށެވެ.

ފުވައްމުލަކުގައި މިހަރކާތް ރާވަމުން ދިޔަކަމުގައި ވިޔަސް ދުނިޔޭގެ މިކަމާއި ގުޅިގެން ލައިވް އަޕްޑޭޓް ކުރިޔަށްގެންދެވޭ ވެބްސައިޓްގައި ފުވައްމުލަކުގައި މިހަރަކާތް ކުރިޔަށް ގެންދާކަން އެނގޭކަށް ނެތެވެ.

ރާއްޖެއިން މިހަރަކާތް ބޭއްވުމަށް އެ ވެބްސައިޓްގައި ރަޖިސްޓްރީކޮށްފައި ވަނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދާއި ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައެވެ.

ރާއްޖެއިންމިހަރަކާތުގައި ބައިވެރިވާކަމަށް ރަސްމީކޮށް ރެކޯޑު ކުރެވިަފއިވާ 2 ބައިވެރިން – މާލެ، އަދި ކުޅުދުއްފުށި

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !