A wide advertisement which will be shown on all devices. (700 x 100)

ގައުމީ ޔުނިވަރސިޓީގައި ފުވައްމުލަކުން ކިޔަވާ ދަރިވަރުންގެ ސެމެސްޓަރ އެގްޒޭމް މިއަދު ފަށައިފި

ހަމައެކަނި ނަންބޮޑެއް ޖަހައިގެން ފުވައްމުލަކުގައި ގައުމީ ޔުނިވަރސިޓީން ހުޅުވި ކޮލް އައުޓްރީޗް ސެންޓަރ

ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ފުވައްމުލަކު ދަރިވަރުންގެ މިއަހަރުގެ ފުރަތަމަ ސެމެސްޓަރ އެގްޒޭމް މިއަދު ހެނދުނު ފުވައްމުލަކުގައި ފަށައިފިއެވެ. މިއަދު އެގްޒޭމް ބާއްވާފައި ވަނީ ޤުރުއާނާއި ބެހޭ މަރުކަޒުގައެވެ. ނާސިން ޑިގްރީ ހަދާ ކުދިންގެ އެގްޒޭމުން މިއަދު ފެށުނު އިރު މި އިމްތިހާނުތައް 2 ހަފުތާއަށް ދިގުދެމިގެން ދާނެކަމަށް ވެއެވެ.

ނާސިންގެ އިތުރުން ޕްރައިމަރީ ޓީޗިން ޑިގްރީ އަށް ކިޔަވާ ދަރިވަރުންގެ އިމްތިހާނާއި، މީގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމެންޓް ކިޔަވާ ދަރިވަރުންނާއި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައި ދިނުމުގެ ދާއިރާއިން މާލޭގައި ޑިގްރީއަށް ކިޔަވާ ދަރިވަރުން، އަދި މާސްޓަރސް އަށް ކިޔަވާ ފުވަައްމުލަކުގެ ދަރިވަރުންގެ އިމްތިހާނުތައް ވެސް ފުވައްމުލަކުގައި ކުރިޔަށް ގެންދެވެނެކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.

ފުވައްމުލަކުގެ ގިނަ ބަޔަކު ދެކޭގޮތުގައި ގައުމީ ޔުނިވަރސިޓީގެ ދައުރު ފުވައްމުލަކުގައި މިހާރަށްވުރެ ފުޅާވާން އެބަޖެހެއެވެ. އެހެނީ ރާއްޖޭގައި މީހުން ދިރިއުޅޭ އާބަދީ، މާލެ ފިޔަވައި އެންމެ ބޮޑު ރަށަކަށް ފުވައްމުލައް ވީހިންދު، ހެޔޮއަގެއްގައި އިތުރު ގިނަ ކޯސްތަކެއް ގައުމީ ޔުނިވަރސިޓީން ފުވައްމުލަކުގައި ހިންގާނަމަ ކައިރި ރަށްރަށުން ވެސް ފުވައްމުލަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ ކުދިންތަކެއް އަންނާން ބޭނުންވެފައި ތިބި ކަމަށް އެފަރާތުން ހާމަކުރެއެވެ.

މިހާރު ޔުނިވަރސިޓީ ރަމްޒުކުރާ ހަމައެކަނި ނަން ބޯޑެއް، އަތޮޅު ކައުންސިލް ފާރުގައި ހުރެގެން މިކަން އެންމެ ފުރިހަމަ ގޮތުގައި ނުވާނެ ކަމަށް މައުލޫމާތު ދިން ފަރާތްތަކުންް ދެކެއެވެ. ޕްރައިވެޓް ކޮލެޖުތަކުން ބޮޑު އަގުގައި ދޭ މަތީ ތައުލީމުގެ ޚިދުމަތް ކުޑައަގެއްގައި ފުވައްމުލަކުގެ ގިނަ ރައްޔިތުންނަށް ޔުނިވަރސިޓީން ފޯރުކޮށް ދިނުމަށް އެޔުނިވަރސިޓީގެ ކެމްޕަހެއް ފުވައްމުލަކުގައި ގާއިމުކުރުމަށް އެފަރާތްތަކުން އެދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !