ރޭ ފުވައްމުލަކުން މާލެ ދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ފުލުހުން ބަންދުކުރި ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތުން ދީފައި ވަނީ ސައްޙަ ނޫން މައުލޫމާތު ތަކެއް ކަމަށް އެކުއްޖާގެ އާއިލާގެ މެންބަރަކު ބުނެފިއެވެ. އެ ފިރިހެން މީހާ ހާމަކުރި ގޮތުގައި ފުލުހުން އެކުއްޖާ ހައްޔަރު ނުކުރާ ކަމަށެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ބުނީ އެއަންހެން ކުއްޖާ މާލެ ދިޔައީ ޑޮކްޓަރަށް ދައްކަން ކަމަށެވެ. މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތުން އެކުއްޖާ ބަދުނާމުވާގޮތަށް މައުލޫމާތު ދީފައިވާތީ ކަންބޮޑުވުން ފާޅުކުރިއެވެ.
ނަމަވެސް މިކަލް ނޫހަށް މައުލޫމާތު ދިން އެހެން ފަރާތަކުން ބުނެފައި ވަނީ އެއަންހެން ކުއްޖާ ދޫކޮށްލީ މިއަދު ހެނދުުނު ކަމަށެވެ.
+1
+1
ޚިޔާލުތައް