9 ޑިސެމްބަރ 2019 ( ހޯމަ )

ފުވައްމުލައް ސިޓީ ދަޑިމަގު ސަރަހައްދުގައި އިމާރާތް ކުރެވިފައިވާ ފްލެޓްތައް

ފްލެޓް ލިބޭ މީހުންގެ ގުރުއަތުލުން މާދަމާ ހަވީރު ބާއްވަނީ

ސަރުކާރުގެ “ގެދޮރުވެރި ކުރުވުން” ޕްރޮގްރާމުގެ ދަށުން ފުވައްމުލައް ސިޓީގައި އިމާރާތްކޮށް ފައިވާ ފްލެޓްތަކަށް ޝަރުތު ހަމަވި ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން މާދަމާ، 27  ސެޕްޓެމްބަރު 2019 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ކުރުނދުމާ މާލަމުގައި ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން މާދަމާ ގުރުއަތު ނަގާނީ އޭ ކެޓަގަރީ، ފުވައްމުލަކު ރައްޔިތުންނަށް ޚާއްސަކުރެވުނު 180 ފްލެޓަށް ޝަރުތު ހަމަވި 137 މީހުންގެ މެދުގައި އާއި ބީ ކެޓަގަރީ، ފުވައްމުލަކުގެ ރަށްވެހިކަމަށް ދިރިއުޅުން ބަދަލުކުރަން އެދޭ އެހެން ރަށްރަށުގެ މީހުންނަށް ޚާއްސަ ކުރެވުނު 20 ފްލެޓަށް ޝަރުތު ހަމަވި 15 މީހުންގެ މެދުގައެވެ.

އޭ ކެޓަގަރީން ޝަރުތު ހަމަވި 137 މީހުނަށް ވެސް ފްލެޓް ލިބޭނެކަމަށް މިކަލް ނޫހަށް ފަހުން އިތުބާހުރި ހުރިގޮތަކަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ބީ ކެޓަގަރީގައި ޝަރުތު ހަމަވި 15 މީހުނަށް ވެސް ފްލެޓް ލިބޭނެއެވެ.

ގުރުއަތުލުމުގައި ފްލެޓަށް އެދިފައިވާ ފަރާތަށް ބައިވެރި ނުވެވޭނަމަ ބަދަލުގައި މީހަކު ފޮނުވާނަމަ އެގޮތުން ހަމަޖައްސާ މީހާގެ މައުލޫމާތު އެނގޭނެ ސިޓީއަކާއި ފްލެޓަށް ޝަރުތު ހަމަވި މީހާގެ އައޑީ ކާޑު ގެންދަން ވާނެކަމަށް ސިޓީ ކައުންސިލުން ޙާމަކުރައްވާފައި ވެއެވެ.

ފުވައްމުލަކުގައި އިމާރާތްކުރެވިފައިވާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް

މި މަޝްރޫއުގައި ހިމެނޭ ބާކީ ހުރި ފްލެޓްތަކަށް އެދޭފަރާތްތަކުން ފޯމު ހުށަހެޅުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ. މި ފަހަރު އިއުލާން ކޮށްފައި ވަނީ ބާކީ ހުރި 40 ފްލެޓަށެވެ.

މީގެތެރޭގައި ހިމެނެނީ ހިޖުރަކުރަން ބޭނުންވާ މީހުންގެ ބައިން ބާކީ ހުރި 5  ފްލެޓާއި އަދި ކުރިން އިއުލާންކުރި ފްލެޓްތަކުގެ ތެރެއިން 35 ފްލެޓާއެކު ޖުމްލަ 40 ފްލެޓަށެވެ.



ކިޔުންތެރިންގެ ޚިޔާލު