15 ޑިސެމްބަރ 2018 ( ހޮނިހިރު )

banner

ފުރަގަސް ފަރާތުގައި ރައްކާ ކޮށްގެން އިއްޔެ ފުވައްމުލަކަށް އެތެރެ ކުރަން މަސައްކަތް ކުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައިހުރި ރަބަރު ޕެކެޓްތައް ފޮޓޯ:ޕޮލިސް

ފުވައްމުލަކަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އަނެއްކާވެސް މަސައްކަތް ކޮށްފި

ފުރަގަސްފަރާތުގައި ރައްކާކޮށްގެން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިމައްސަލާގައި ފުވައްމުލަކު އެއަރޕޯރޓްއިން ހައްޔަރުކޮށް ފައި ވަނީ 18 އަހަރުގެ ޒުވާން ދިވެއްސެއްކަމަށް ފުލުހުން ހާމަކުރެއެވެ.

މީނާގެ އަތުން މަސްތުވާ ތަކެތި ފެނިފައިވަނީ، ނޮވެމްބަރ މަހު 2 ވަނަ ދުވަހުގެ 17:54 ހާއިރު ފުވައްމުލަކު ވައިގެބަނދަރަށް ޖެއްސި ބޯޓުން އޭނާ ފުވައްމުލަކަށް ފޭބުމާއެކު ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އޭނާ ހުއްޓުވައި ބަލައި ފާސްކޮށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމާއެކު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ގެނެސް އޭނާ އިތުރަށް ބަލައި ފާސްކޮށް އޭނާގެ އަތުން މަސްތުވާ ތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ނުފެނުނު ނަމަވެސް ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އޭނާ މަސައްކަތް ކުރާކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައި ވުމާއެކު އޭނާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރު މެދުވެރިކޮށް އޭނާގެ އެކްސްރޭ ނަގައި ބެލިއިރު އޭނާގެ ފުރަގަސް ފަރާތަށް އެއްޗެއް ޖަހާފައި ހުރިކަމަށް ޑޮކްޓަރަށް ޝައްކުވާތީ ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ ބަހައްޓައި ބޮޑު ކަމުދިޔަ ތަކެއްޗާއިއެކު ބޭރުވިތަކެތީގެ ތެރެއިން ކަމަށް ފުލުހުން މައުލޫމާތުދިނެވެ. ބޮޑުކަމުދިޔަ ތަކެއްޗާއެކު ފޭބި ޕެކެޓް ފާސްކޮށް ބެލިއިރު އޭގެތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 40 ބުލެޓް ސައިޒްގެ ޕެކެޓް ވަނީ ފެނިފައެވެ.

މިމައްސަލާގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާފައިވާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ފުރިހަމަ ކުރުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފައެވެ.

މީނާގެ އަތުން މިތެކެތި ފެނުމުގެ އެއްދުވަސްކުރިން ނޮވެމްބަރ މަހު 1 ވަނަ ދުވަހުވެސް ވަނީ ވައިގެ މަގުން ފުވައްމުލަކަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅެނިކޮށް 19 އަހަރުގެ ފިރިހެނަކު އަތުލައިގެންފައެވެ. މަސްތުވާތަކެތީގެ މި ދެ މައްސަލަ ވެސް ފުވައްމުލަކު ޕޮލިސްސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު