A wide advertisement which will be shown on all devices. (700 x 100)

ސިވިލް ސާވިސް އަށް ވަނުމަށް ހަދާ ޓެސްޓަށް ފިނި ތަރުހީބެއް!

ސިވިލް ސާވިސް އިމްތިހާނުގެ 2 ވަނަ ބުރުގެ ބައިވެރިން ހޯލަށް ވަންނަނީ- މާލެ. ފޮޓޯ ސިވިލް ސާރވިސް

ސިވިލް ސާވިސް އަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން ހެދުމަށް ތައާރަފުކޮށްފައިވާ އިމްތިހާނަށް ލިބެނީ ފިނި ތަރުހީބެކެވެ. އެއިމްތިހާނުގެ ދެބުރު ވެސް ފުވައްމުލަކުގައި ބާއްވާފައި ވެއެވެ. މިފަހަރު ފުވައްމުލަކުން މިއިމްތިހާނު ހެދީ އެންމެ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރީ ފަހަރުވެސް ފުވައްމުލަކުން އިމްތިހާނު ހަދަފައި ވަނީ 6 ވަރަކަށް މީހުން ކަމަށް ބުނެވެއެވެ. ނަމަވެސް އަސްލު އަދަދު އެނގޭގޮތް ވަނީ ނުވެފައެވެ. އަދި މިފަހަރު މާލެއިން ވެސް އިމްތިހާނު ހަދާނެ އެކަށީގެންވާ އަދަދަށް ކުދިން ނުލިބުމުން ސިވިލްސާވިސް ޓްރެއިނިން ސެންޓަރުގައި ކިޔަވާ ކުދިންނަށް އެއިމްތިހާނު ހަދަން އަންގައިގެން ހަދަން ޖެހުނު ކަމަށް ބައެއް ދަރިވަރުން ބުންޏެވެ.

ސިވިލް ސާވިސް އަށް ވަނުމަށް ބޭނުން ވާފަރާތްތަކުން ހެދުމަށް ތައާރަފުކޮށްފައިވާ އިމްތިހާނަށް ލިބެނީ ފިނި ތަރުހީބެކެވެ. އެއިމްތިހާނުގެ ދެބުރު ވެސް ފުވައްމުލަކުގައި ބޭއްވުނު 2 ވަނަ ފަހަރެވެ. މިފަހަރު ފުވައްމުލަކުން މިއިމްތިހާނު ހެދީ އެންމެ ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ކުރީ ފަހަރުވެސް ފުވައްމުލަކުން އިމްތިހާނު ހަދަފައި ވަނީ 6 ވަރަކަށް މީހުން ކަމަށް ބުނެވެއެވެ. ނަމަވެސް އަސްލު އަދަދު އެނގޭގޮތް ވަނީ ނުވެފައެވެ. އަދި މިފަހަރު މާލެއިން ވެސް އިމްތިހާނު ހަދާނެ އެކަށީގެންވާ އަދަދަށް ކުދިން ނުލިބުމުން ސިވިލްސާވިސް ޓްރެއިނިން ސެންޓަރުގައި ކިޔަވާ ކުދިންނަށް އެއިމްތިހާނު ހަދަން އަންގައިގެން ހަދަން ޖެހުނު ކަމަށް ބައެއް ދަރިވަރުން ބުންޏެވެ.

ފުރަތަމަ އިމްތިހާނުގެ ޕޭޕަރު ތައްޔާރުކުރުމަށް 25000 (ފަންސަވިސް ހާސް) ރުފިޔާ ޚަރަދު ކޮށްފައިވާއިރު އެފަހަރު އިމްތިހާނު ހެދީ 144 ބައިވެރިންނެވެ. އަދި މިފަހަރު އިމްތިހާނު ގައި ޖުމްލަ 70 ކެންޑިޑޭޓުން ރަޖިސްޓްރީވި ނަމަވެސް އިމްތިހާނު ހެދިކަމަށް ބެލެވެނީ އެއަށްވުރެ މަދު ކުދިންކޮޅެކެވެ.

ފާޑުކިޔުންތައް އަމާޒުކުރެވިފައިވާ މިއިމްތިހާނުގެ މަގުސަދަކީ ޕްރެކްޓިކަލް ހުނަރުތަކެއް ޓެސްޓުކުރުން ކަމަށް ވާރު، މިއީ އެކަމަށް އެންމެ އެކަށޭނަ ގޮތް ނޫން ކަމަށް ބުނެ މިއިމްތިހާނަށް ފާޑުކިޔުންތައް އަމާޒުވެއެވެ. ވަޒީފާއަށް އަލަށް ވަންނަ ކުދިންނަށް ޓެސްޓެއް ދިނުމަށްވުރެ އެމީހުންގެ އިންޑަކްޝަން ޕީރިއަޑް ނުވަތަ ޕްރޮބޭޝަން މުއްދަތުގައި ރަނގަޅު ތަމްރީނުތަކެއް ދިނުން، ވަޒީފާގައި ކުރަން ޖެހޭ ޚާއްސަ މަސައްކަތުގެ ތަމްރީނު ޕްރެކްޓިކަލް މާހައުލުން ދިނުން މާބޮޑަށް ވެސް ކާމިޔާބުވާނެ ކަމަށް ސީއެސްސީގެ މިއިމްތިހާނަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ގުޅޭ ލިޔުން:

ސީއެސީގެ ފުރަތަމަ އެންޓްރެންސް އިންމިތާހުނު މިއަދު ޏ.އޭއީސީގައި ބާއްވައިފި

ގާބިލުކަމާއި ހުނަރު ޓެސްޓްކުރަން އެންމެ ރަނގަޅީ ޓެސްޓް ޕޭޕަރުން ބާ؟

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !