A wide advertisement which will be shown on all devices. (700 x 100)

ހުވަންޏާއި މަދިރި ކޮންޓްރޯލް ކުރުމަށް ބޭސްޖެހަނީ

ހުވަންޏާއި މަދިރި ކޮންޓްރޯލް ކުރުމަށް ސްޕޭކުރުން. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލަކުން ހުވަންޏާއި މަދިރި ކޮންޓްރޯލް ކުރުމަށް ރަށުގެ އެކި ސަރހައްދުތަކަށް ބޭސް ޖަހަން ފަށާފައިވާ ކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ. އެގޮތުން ރަށުން ގައި މިދުވަސްކޮޅު ހުވަނި ގިނަވަމުން ދާތީ ހުވަނި ކޮންޓްރޯލް ކުރުމަށް ބޭސް ޖަހަން ވަނީ ފަށާފައެވެ. އަދި ހުޅަނގު މޫސުމުގެ ވާރެއާއެކު މަދިރި އާލާވުން ގިނަވެފައި ވާތީ ރަށުގެ އެކި ސަރހައްދުތަކަށް ފޮގު ކުރުން (ދުންޖަހަން) ފަށާފައިވާ ކަމަށް ކައުންސިލުން ހާމަކުރެއެވެ.

އަތޮޅު ކައުންސިލުގެ އިތުރުން ދިގުވާނޑު ކައުންސިލުން، އެކަންސލްގެ ސރަހައްދުތަކަށް ފޮގު ކުރުމާއި ބޭސްޖެހުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.

އަތޮޅު ކައުންސިލުން ހާމަކުރައްވާ ގޮތުގައި ފޮގު ކުރުމާއި ބޭސް ސްޕްރޭ ކުރަން ފަށާފައިވަނީ ފުރަތަމަ މަދިރި އަދި ހުވަނީގެ ސަބަބުން ގިނަ ބަޔަކަށް އުނދަގޫވާ ސަރަހައްދުތައް ބައިލައިގެން އެސަރަހައްދުތަކުން ކަމަށެވެ.

އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ޝާފީ ވިދާޅުވިގޮތުގައި ފޮގް ކުރުމާއި ބޭސް ސްޕްރޭ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ހުވަންޏަށް ބައިލޮޖިކަލް ކޮންޓްރޯލެއް ހޯދަން ޖެހޭ ކަމަށެވެ. އެހެނީ ސްޕްރޭ ކުރުމުން ނައްތާލަން ބޭނުންނުވާ އެތައް ފަނިފަޚުސާއެއް ނެތިގެން ދިއުމުން އެކަމުގެ ނޭދެވެ އަސަރު މާހައުލަށް ކުރާ ކަމަށެވެ. ނަމަވެސް އާއްމު ސިއްޙަތަށް އިސްކަން ދިނުމުގެ ގޮތުން މަދިރިއާއި ހުވަނި ކޮންޓްރޯލް ކުރަން ޖެހޭކަމަށް ޝާފީ ގަބޫލުފުލު ކުރައްވައެވެ.

ދާދި ފަހުން ފުވައްމުލަކުން ވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގޫ ބަލީގެ ކޭސްތަކެއް ފެންމަތިވެ އެކަނު ނިޔާވެފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !