A wide advertisement which will be shown on all devices. (700 x 100)

ރައްޔިތުންގެ ފައިސާއިން ޚިޔާނާތްތެރިވެފައިވާ 1.2 ބިލިއަން ރުފިޔާގެ ހަގީގަތް ހާމަކުރުމަށް ގޮވާލަމުން ދޭ

އޭސީސީގެ މެންބަރުން ތެދުވެރިކަމާއެކު ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ގޮވާލާ ފޭސްބުކުގައި ޝާއިއުކުރުަމުން ދާ ޕޯސްޓަރެއް

ދިވެހި ރައްޔިތުންގެ ފައިސާގެ 1.2 ބިލިޔަން ރުފިޔާއަށް އެމްއެންޕީއާރުސީ ގެ ތެރެއިން ބަޔަކު ޚިޔާނާތްތެރިވެފައިވާ ވާހަކައަކީ މުޅި ދިވެހި ރާއްޖެ ސިއްސުވާލި ވާހަކައެކެވެ. މިހާތަނަށް ދައުލަތުގެ މުއައްސަސާއަކުން ވެފައިވާ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ކަމުގައި އަޑު އުފުލިގެން ދިޔައެވެ. މިފައިސާއަށް ވީގޮތް އެނގެން ކޮންމެ ދިވެހި ދަރިއަކު ވެސް އެދޭނެއެވެ. ތަފާތު ގޮތްގޮތަށް ބަޔާން ތަކާއި ވާހަކަތައް ދެކެވުނު ކަމުގައި ވިޔަސް، ގިނަބަޔަކު ތިބީ ދައުލަތުގެ ތަހުގީގީ މުއައްސަސާއިން އެންޓި ކޮރަޕްޝަން ކަމިޝަނުން (އެސީސީ އިން) ހާމަކުރާ ބަހެއްގެ އިންތިޒާރު ގައެވެ.

އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު މީގެ 3 މަސް ކުރިން މީޑިއާއަށް ވިދާޅުވެފައި ވަނީ އެމައްސަލައިގެ %99 ނިމިފައިވާ ކަމަށެވެ. ނަމަވެސް އެއިގެ ފަހުން މިވީ ދުވަސް ތަކުގައި އެފަރާތުން މަސައްކަތް ކުރި ކަމއެއް ނުވަތަ ބާކީ އޮތް %1 މަސައްކަތް ނުނިމޭކަން ނުވަތަ ނިމިފަިއިވާ ކަން ވެސް ހާމަކޮށްފައިވާކަން އެގޭކަށް ނެތެވެ.

މައްސަލައިގެ ތުހުމަތު ތައް އެންމެ ބޮޑަށް އަމާޒުކުރެވޭ ފަރާތްތައް ބަންދުގައި ތިބި ކަމުގައި ވިޔަސް އެފަރާތްތަކާއި ގުޅިގެން އެފައިސާ ބޭނުންކުރި ފަރާތްތަކުން ބުނެފައި ވަނީ އެފައިސާތައް އެމީހުންނާއި ހަވާލުކުރި ފަރާތްތަކުން އެންގި ގޮތަށް ޕީޕީއެމް އަށާއި މަޖުލިސް މެންބަރުންނަށް އަދި އެހެން ވެސް ފަރާތްތަކަށް ދީ ނިންމާފައި ވާކަމަށެވެ. އަދި އެފައިސާގެ އެއްވެސް މިންވަރެއް އެމީހުން އަތުގައި މިހާރު ނެތްކަމަށެވެ.

އެންމެ ގިނަ ފައިސާ އާއި ހަވާލުވި އެސްއޯއެފްގެ ފަރާތުން ފައިސާ އެކިފަރާތްތަކާއި ހަވާލުކުރިގޮތް ހާމަކުރުމަށް ނެރޭ ބަޔާންތަކުން ރައްޔިތުންގެ ޝައުގުވެރިކަން މައްސަލައަށް އަންނަނީ އިތުރުވަމުންނެވެ. މައްސަލައިގެ ކޮޅެއް ބިތެއް ނޭނގޭތީއެވެ. ޚުދު ގައުމުގެ ރައީސާއި އަނބިކަބަލުންނާއި ވެސް ގުޅުވައިގެން ކިޔޭތީއެވެ. ހަގީގަތް ދެނެގަތުމަށެވެ.

ނަމަވެސް މައްސަލަ ލަސްވަމުން ދިއުމުން އެސީސީގެ މެންބަރުންނަށް ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށާފައެވެ. ރައްޔިތުން ގޮވާލަމުން ދަނީ އެފައިސާ ނެގީ ކޮންބައެއްކަމާއި އަދި އެފައިސާ ބޭނުންކުރީ ކޮންބައެއްކަން ހާމަކޮށް ދިނުމަށެވެ. އަދި އެފައިސާ އަނބުރާ ހޯދައި ދިނުމަށެވެ. އެކަމަށް ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަ ދީފައި ތިބި ފަރާތްތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށެވެ.

އޭސީސީގެ މެންބަރުން ރައްޔިތުންނަށް ތެދުވެރިކަމާއެކު ޖަވާބުދާރީ ވާން ވެއްޖެ ކަމަށެވެ. މިފަދަ ކަންކަން ތަފުސީލާއެކު ރައްޔިތުންނަށް ހާމަކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވިޔަ ނުދިނުމަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ ދަނީ އަޑުއުފުލަމުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !