9 ޑިސެމްބަރ 2019 ( ހޯމަ )

މުއައްސަސާއަށް ރީތިނަން ހޯދައިދިނުމުގެ މެޑަލް ޔަޒީލް އާއި ހަވާލުކުރެއްވުން.

މުއައްސަސާއަށް ރީތި ނަން ހޯދާދިނުމުގެ މެޑެލް ޔަޒީލަށް

ފާއިތުވި ހުކުރު ދުވަހު ބޭއްވި ކަރެކްޝަން ސާރވިސްގެ 48 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި އެ މުއައްސަސާއަށް ރީތި ނަން ހޯދާދިނުމުގެ ޝަރަފުވެރި މެޑެލް ހާސިލުކުރީ ފުވައްމުލަކު ދަޑިމަގު އަވަށު އަހުމަދު ޔަޒީލު އެވެ. ޔަޒީލު އަކީ އެ ސާރވިސްގެ ޕްރިޒަންސް ސާރޖެންޓްގެ މަގާމު އަދާކުރަމުން އަންނަ ޒުވާނެކެވެ. ޔަޒީލު އަށް މިމެދެލް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އިމްރާނު އަބްދުﷲ އެވެ.

ޔަޒީލުއަށް މިއިނާމު ލިބުނީ ފައިތުވި ޖޫންމަހުގެ ތެރޭގައި އޭނާ ޗުއްޓީއަށް ފުވައްމުލަކަށް އައިސް އުޅުމުގެ ތެެރޭގައި ދިމާވި ހާދިސާއެއްގައި އޭނާ ދެއްކި ކެރުމާއި ހިތްވަރުގެ ސަބަބުންނެވެ.

އެހާދިސާ ހިނގީ 2019 ޖޫން 14 ވީ ހުކުރު ދުވަހު ހެނދުނު 11:30 އެހާކަށް ހާއިރުއެވެ. އެހާދިސާގައި ޔަޒީލު ވަނީ ފުވައްމުލަކު ތުނޑީގެ ގަދަ އޮޔާއިއެކު ގެނބެމުން ދިޔަ 21 އަހަރުގެ ޒުވާނަކު ސަލާމަތް ކޮށްފައެވެ. އެސަރަހައްދުގައި ބަހައްޓާފައި ހުރި ލައިފް ރިންގެއް ބޭނުންކޮށްގެން ގެންބެމުން ދިޔަ ޒުވާނާ އާއި ހަމަޔަށް ގަދަ އޮއިގެތެރެއިން ޔަޒީލު ފަތާފައި ގޮސް އެޒުވާނާ ސަލާމަތްކޮށްދީފައި ވެއެވެ.

ޔަޒީލުގެ މި ހުޝިޔާރު އަމަލު ފާހަގަކޮށް އޭނާ ވަޒީފާ އަދާކުރަމުންދާ ކަރެކްޝަން ސާރވިސްގެ ފަރާތުން މިވަނީ އޭޏާއަށ ްމެޑެލް ދީފައެވެ. އެ މުއައްސަސާއިން ދެކެނީ އެއީ އެ މުއައްސަސާއަށް ވެސް ހޯދާއިދިން ރީތި ނަމެއްގެ ގޮތުގައެވެ.

ޔަޒީލު އާއި އެކު އެޒުވާނާ ސަލާމަތްކުރުމުގައި ފުވައްމުލަކު ސާރފިން ގްރޫޕުގެ ދެ ޒުވާނުން ކަމަށްވާ ވިއާމު (ޖޭޑީ) އާއި ޒަޔާން (ބެނެޓޭ)، އެސަރަހަދަށް އެރިގެން ޔަޒީލު އާއި ފެތެމުން ދިޔަ ޒުވާނާ އެއްގަމަށް ގެނައުމުގައި މުހިންމު ރޯލެއް އަދަކުރި ކަމަށް ވެއެވެ.

މިޚަބަރު އެންމެ ފުރަތަމަ މީޑިއާއިން ގެނެސްދީފައި ވަނީ މިކލް ނޫހުގެ ފަރާތުންނެވެ.

މިއަދު ތުނޑީ ކޮޅުން ގަދަ އޮޔާއިއެކު ބެހިގެންދިޔަ މީހަކު ސަލާމަތް ކޮށްފި

ތުނޑީކޮޅުން އޮޔާ ބެހިގެން ދިޔަ މީހަކު ސަލާމަތް ކުރަނީ – ފޮޓޯ: އަލީ ޝަރީފުކިޔުންތެރިންގެ ޚިޔާލު