5 ޑިސެމްބަރ 2019 ( ބުރާސްފަތި )

ފުވައްމުލަކު މަސްވެރިން

މަސައްކަތްތެރިކަމުގެ 4 ދާއިރާއަކު ފުވައްމުލައް ސިޓީގައި ދަފްތަރު އެކުލަވާލަނީ

މަސައްކަތްތެރިކަމުގެ 4 ދާއިރާއަކު ފުވައްމުލައް ސިޓީގައި ދަފްތަރު އެކުލަވާލުމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. އެގޮތުން ދަފްތަރު އެކުލަވާލާ ދާއިރާތަކަކީ މަސްވެރިކަމާއި އޮޑިވެރިކަމާއި ދަނޑުވެރިކަމާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ގްރޫޕް ތަކެވެ.

ސިޓީ ކައުންސިލުން އިއުލާންކޮށްފައި ވަނީ ފުވައްމުލަކުގައި މިދާއިރާތަކުން މަސައްކަތް ކުރާ ފަރާތްތަކުން ދަފުތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 10 އޮކްޓޯބަރު ވާބުރާސްފަތި ދުވަހުގެ މެދުރުފަހު 2:00 ގެ ކުރިން ސިޓީކައުންސިލް އިދާރާއަށް ފޯމު ހުށަހެޅުއްވުމަށެވެ.

މަސައްކަތުެގ މިދާއިޜާތައް ތަރައްގީކުރުމަށް ލިބޭ އެހިތަކާއި ތަމްރީނުތައް ދިނުމުގައި މި ދަފްތަރުގައި ރަޖިސްޓްރިވެފައިވާ ފަރާތްތަކަށް އިސްކަން ދޭނެކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ވެއެވެ.

މިދަފުތަރުގައި ރެޖިްސްޓީވުމަށް ބެނުންވާ ފޯމު އެކައުންސިލްގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށާއި އަދި އިމޭލުން ފޯމު ބަލއިގަތުމަށްވެސް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ދަފުތަރު އެކުލަވާލުމާއި ގުޅޭ އިއުލާން

ފުވައްމުލަކު ދަނޑުވެރިން

 ކިޔުންތެރިންގެ ޚިޔާލު