A wide advertisement which will be shown on all devices. (700 x 100)

ރާއްޖެއިން ފްރީ ޑައިވިން ރެކޯޑް މުގުރާލައިފި

"ފްރީޑައިވް ރެކޯރޑް" ރައްޖެއިން މިއަދު ހަދައިފި

ދުނިޔޭގެ ރިކޯޑްތައް ބަލަހައްޓާ ގިނިސް ވޯލްޑް ރެކޯޑްސްގައި ރާއްޖޭގެ ނަން މިއަދު ލިޔެވިގެން ދިޔައީ ދުނިޔޭގެ އެންމެ ގިނަ މީހުން އެއްފަހަރާ ފީނުމުގެ ރެކޯޑް އޮތް ގައުމުގެ ގޮތުގައެވެ. އާދެ! ވޯލްޑް ފްރީ ޑައިވިން ރެކޯޑް” ރާއްޖެއިން ގާއިމުކުރީ މިއަދު ބަރޮސް އައިލެންޑް ރިޒޯރޓް ކައިރިއަށް އެއްފަހަރާ 521 މީހުން ފީނައިގެންނެވެ.

އިޓަލީވިލާތުގެ ވެރޯނާގައި 2009 ވަނަ އަހަރު  މިރެކޯޑް ހަދާފައި ވަނީ 280 މީހުން އެއްފަހަރާ ފީނައިގެންނެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެރެކޯޑު ރާއްޖެއިން މިވަނީ މުގުރާލައި އާ ރެކޯޑެއް ހަދާފައެވެ.

ރާއްޖޭން މި ރެކޯޑު ހެދުމަށް 600 މީހުންނާ ފީނިއެވެ. ނަމަވެސް ގިނިސް ވޯލްޑް ރެކޯޑްސް ބަލަހައްޓާ ފަރާތުގެ ސްޕަވައިޒަރުންގެ އެކި ބެލުންތަކުން ބައެއް މީހުން ޑިސްކޮލިފައި ވީއެވެ.

މިއަދު ބޭއްވި ރެކޯޑު ހެދުމުގެ އިވެންޓުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ޓްވަރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ބައިވެރިވެ ވަޑައިގަތެވެ. ގިނިސް ވޯލްޑް ރެކޯރޑްސް ސެޓްފިކެޓާއި ހަވާލުވެ ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިއަދުގެ ޚާއްސަ އިވެންޓްގައި ދުނިޔޭގެ ފްރީޑައިވް ވޯލްޑް ޗެމްޕިއަން، ވިލިއަން ޓްރޫ ބްރިޖް ވެސް ބައިވެރިވެފައި ވެއެވެ.

“ފްރީޑައިވް ރެކޯރޑް” ރައްޖެއިން މިއަދު ހަދައިފި- ބަރޮސް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !