A wide advertisement which will be shown on all devices. (700 x 100)

ރޯދައަށް ރަށަށް ހަދިޔާ ފޮނުވަން ބޯޓު…؟

ނާރެސް ބޯޓް މާލޭ ފަޅުގައި މުދާ ބަރުކުރަނީ.

ރޯދަމަހާ ދިމާކޮށް ރަށަށް ހަދިޔާ ފޮނުވުމަކީ ފުވައްމުލަކުގެ ގިނަ ބައެއްގެ އާދައެކެވެ. ރަށުން ބެރުގައި ނުވަތަ މާލޭގައި ދިރިއުޅެ ފަރާތްތަކުން އެމީހުންގެ އާއިލާތަކާއި ގާތް ރައްޓެހިންނަށް ހަދިޔާ ފޮނުވަން ބޭނުންވެގެން އުޅޭކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ. އެގޮތުން ގިނަ ބަޔަކު ބަލަނީ ކަނޑުމަގުން ހަދިޔާ ފޮނުވުމަށެވެ.

ފުވައްމުލަކާއި މާލެއާއި ދެމެދު ދަތުރު ކުރާ ބޯޓުތަކުގެ ތެރެއިން މިވަގުތު މާލެގައި އޮތީ އުޖާލާ ބޯޓާއި ނާރެސް ބޯޓެވެ. ފުރާނެ ވަކި ދުވަހެއް ކަނޑައެޅިފައި އަދި ނެތަސް އުޖާލާ ބޯޓުގެ ޖާގަ ފުލްވެ ކުޑަ ހަދިޔާއެއް ވެސް ބަލައި ނުގަންނަ ކަމަށް ވެއެވެ. ނާރެސް ބޯޓު ވެސް އަންނަނީ ބަރުކުރުމަން ނެވެ. ނަމަވެސް އެބޯޓުގައި އަދި ކޮންމެވެސް ވަރަކަށް ޖާގަ ހުރި ކަމަށް ވެއެވެ.

ރޯދަމަހަށް އަޅައިގަންނަ ދުވަސްވަރަކީ އަބަދުވެސް ބޯޓުތަކުގެ ޖާގަ އަށް ބާރު ބޮޑުވާ ދުވަސް ކޮޅެކެވެ. މިފަހަރު ޚާއްސަކޮށް މޫސުން އެހާ ރަނގަޅު ނުވުމާއެކު ބޯޓުތައް ބަރުކުރުމުގައި ވެސް އެހެން ދަތުރުތަކަށް ވުރެ ބޮޑަށް ބަލާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !