A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

ބަނދަރު ހެދުމަށްފަހު ކުރިން ގިރާގެން ނުދާހާ ހަލުވި ސްޕީޑްގައި ރަށް ގިރުމުގެ މައްސަލަ ފުވައްމުލަކަށް ކުރިމަތި ވެފައިވޭ

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ. ނެދާލޭންޑް އެންޓާޕްރައިސް އޭޖެންސީ އާއި ކުވައިތު ފަންޑުގެ އެހީއާއިއެކު ކުރިއަށް ގެންދާ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފައިވަނީ މިމަހުގެ 30 ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން އާންމުކޮށް އިއުލާންކުރި މިޕްރޮޖެކްޓަށް ކުރިމަތިލުމަށް ރަޖިސްޓްރީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތުތައް ބަޔާންކުރާ ކަރުދާސްތައް މިދިޔަ މަހު 22 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީއިން ލިބެން ހުންނާނެ ކަމަށް އިއުލާންކޮށްފައިވެއެވެ.

ފުވައްމުލަކު ގިރުމުގެ މައްސަލައަކީ ހައްލެއް ނުލިބި ގިނަ ދުވަސްވަމުންދާ މައްސަލައެކެވެ. މިކަމާއި ގުޅިގެން ފުވައްމުލަކު ރައްޔިތުންވަނީ ތަފާތު އެކިފަހަރު މަތިން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މިއީ މިސަރުކާރުގެ ފުވައްމުލަކު ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އާސަރުކާރު ހަވާލުވުމާއިއެކު ފުވައްމުލަކުގެ ގިނަ އުމްރާނީ މަސައްކަތްތަކެއް ވަނީ އަލުން އިއުލާން ކުރައްވާފައެވެ. އެގޮތުން ފުވައްމުލަކުގެ ރަށުތެރޭ މަގުތަކުގެ މަސައްކަތްވެސް ހިމެނެއެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !