A wide advertisement which will be shown on all devices. (700 x 100)

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަސައިކަލެއް ފާރަކާއި މުޑިއަރައިފި

އެރ

މިއަދު ހެނދުނު ބާރު ސްޕީޑްގައި ޒުވާނަކު ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި މުޑި އަރައިފިއެވެ. ސައިކަލް މުޑިއަރާފައި ވަނީ ހޯދަޑު މަތިމަގު ސަރަޙައްދުގައި (ބަހާރު މަގު)، ވައްފަރު ޖެހިގެން އުތުރަށް ހުރި ގޭގެ ފާރާއެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ އެމަގުގެ ދެކުނުން (ދޫނޑިގަމާއި ވީ ކޮޅުން) ހޯދަޑާއި ވީ ކޮޅަށް އައި ހޯދަޑު އަވަށުގެ ޒުވާނާ ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ވަރަށް ބާރަށް ފާރުގައި ޖެހިގެން ކަމަށް މިކަލް ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ.

މިމުޑިއެރުމުގައި ސައިކަލު ދުއްވަން އިން 24 ހަކަށް އަހަރުގެ ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައި ވެއެވެ.

“އެކުއްޖާގެ ބޮލުގެ ނާށިގަނޑާއެކު ވަރަށް ބޮޑަށް ހުރީ އެތެރެއަށް ވަދެފައި، ހީވަނީ ބަނޑި ވެފައި އޮތް އެލުމިނިއަމް ތައްޓެއް ހެން” އެކްސިޑެންޓް ވި ކުއްޖާ ދުށް މީހަކު މިކަލް ނޫހަށް މައުލޫމާތު ދެމުން ކިޔައި ދިނެވެ.

މުޑިއެރި ތަނުގައި ކޮންމެވެސް ވަރަކަށް ލޭ ހުރި ކަމަށާއި، އެހާދިސާ ފުލުހުންނަށް ރަނގަޅަށް ފެންނާނެ ކަމަށް ބެލެވޭ ކަމަށް އެހިސާބުގެ މީހަކު މައުލޫމާތު ދިނެވެ. އެސައިކަލު މުޑިއެރި ވަގުތު ހަމަ އެމަގުން އަނެއް ކޮޅަށް އައި ފުލުހުންގެ ވެހިކަލް އޮތީ މާދުރު ނޫން ހިސާބެއްގައި ކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓްވި ސައިކަލް ފާރުގައި ޖެހުނު ތަނުން ފާރުންވެސް ބޮޑު ބާގަނޑެއް ހެދިފައި ވެއެވެ.

އޭޒުވާނާގެ ޙާލު ސީރިއަސް ކަމަށާއި މިހާރު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުން ދާކަމަށް މިކަލް ނޫހަށް އެނގިފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !