A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސްކޫލުގެ 47 ވަނަ އަހަރީ ދުވަސް އެސްކޫލުގައި ފާހަނގަ ކޮށްފި

ފުވައްމުލަކު ސްކޫލުގެ 47 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: އެފްއެސް

ފުވައްމުލަކުގައި މިހާރު ހުރި އެންމެ ގިނަ ދުވަސްވީ ސްކޫލް “ފުވައްމުލަކު ސްކޫލު”ގެ 47 ވަނަ އަހަރީ ދުވަސް އެސްކޫލުގައި ފާހަނގަ ކޮށްފިއެވެ. މިމުނާސަބާ ފާހަގަކުރުމުގެ ގޮތުުން އެސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން ވަނީ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ސްކޫލް ގޯތިތެރޭގައި ތައްޔާރު ކުރެވިފައިވާ ޚާއްސަ ސްޓޭޖެއްގައި ދަރިވަރުންގެ އެކިއެކި އައިޓަމްތައް ބޭއްވުން ހިމެނެއެވެ. އަދި ދުވަހާއި ގުޅިގެން އެސްކޫލަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ދިނުމާއި ހާޒިރީ އެވޯޑް ދިނުން ވެސް އޮތެވެ. މީގެ އިތުރުން އެސްކޫލު ކުދިންގެ މާހެފުމުގެ އައިޓަމެއް ތޫނޑު ސަރައްހައްދުގައި ކުރިޔަށް ގެންދެވުނު ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކު ސްކޫލުގެ ބާނީ، އަބްދުލް ހަމީދު އަލީ ދޫނޑިިގަމު ލައިޓް، އަކީ އެސްކޫލް ހިންގެވުމުގައި އަމިއްލަ އިސްނެންގެވުމާއެކު ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅެކެވެ. ސަރުކާރުގެ ސްކޫލަކަށް އެސްކޫލް ބަދަލުވީ ވެސް އަބްދުލް ހަމީދު އަލީ (ހަމީދުބެ)، ދޫނޑިގަމު މަކުތަބުގެ ގޮތުގައި އެމަދަރުސާ ހިންގަވަމުން ގެންދަވަނިކޮށްވެ. ހަމީދުބެ އެސްކޫލް ހިންގެވުމުގައި 1969 ން ފެށިގެން 1997ށް ނާޒިރު ކަމުން ފެށިގެން އިސް މުޝީރެއްގެ ގޮތުގައި ދެމިހުންނެވިއެވެ.

ހަމީދުބޭގެ އިތުރުން އެސްކޫލުގެ ވެރިންގެ ގޮތުގައި ޚިދުމަތްކުރެއްވި ފަރާތްތަކުގެ ތެރޭގައި ފާތިމަތު ހިލްމީ މިސްކިތްމަގު ސޯސަންވިލާ (1997-2001)، މުޙައްމަދު ޝަހީނު ބ.ތުޅާދޫ ވައިމަތީގެ (2001-2003)، ޒިޔާދު ރަޝާދު، ޅ. ކުރެންދޫ (2003-2004)، އާރިފާ އަބްދުލް މަޖީދު، ދަޑިމަގު ކޯނި، (2005-2006 އަދި 2011-2012)، އަމްޖަދު ހަސަން ދ. އަތޮޅު މާކޯނި (2006-2008)، މަރިޔަމް ނާސިރު، ހޯދަޑު ނިޔާޒު (2008-2008) އަލީ އިސްމާއީލު ރ. އިނގުރައިދޫ (2008-2008) އަލީ ޖަވާދު، މިސްކިތްމަގު ރެޑިއަމުގެ (2009-2011)، ހަސަން ޒަރީރު، ދަޑިމަގު ޑޭޒީމާގެ (2012-2013 އަދި 2014-2015 މިހާރު ވެސް) ހިމެނެއެވެ.

މީގެ އިތުރުން އަހުމަދު އަލީ ދީދީ، މާލެގަމު މަދީނާ އާއި އައްބާސް އަޙުުމަދު، މާދަޑު ޝާރާޒު އަކީ ވެސް، އެކިފަހަރު މަތިން އެސްކޫލުގެ އިސްމަގާމުތައް ވަގުތީ ގޮތުން ނަމަވެސް ފުރުއްވައި ގިނަ ގުނަ ޚިދުމަތް ތަކެއް އެސްކޫލަށް ކޮށްދެއްވާފައިވާ ފަރާތްތަކެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !