16 އޮކްޓޯބަރ 2019 ( ބުދަ )

banner

ފުވައްމުލަކުަގއި ދިރިއުޅޭ ބިދޭސީން

ފުވައްމުލައް ސިޓީަގއި އުޅޭ ބަނގްލާދޭޝް މީހުނާއި އެމްބަސީން ބައްދަލުކޮށްފި

ފުވައްމުލައް ސިޓީގައި ދިރިއުޅޭ ބަނގްލާދޭޝްގެ ރައްޔިތުންނާއި ބަނގްލާދޭޝް އެމްބަސީގެ ފަރާތުން އިއްޔެ ބައްދަލުކޮށްފިއެވެ. މިބައްދަލުވުން ބާއްވާފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައެވެ.

މި ބައްދަލުވުމުލައްއި ފުވައްމުލައް ސިޓީގައި ދިރިއުޅޭ ގިނައަދަދެއްގެ މީހުން ބައި ވެރިވެފައި ވެއެވެ. މިބައްދަލުވުމުގައި ބައިވެރިވި މީހުން ގިނަކަމުން ކުރުނގުމާ މާލަން އޮތީ ފުރިބާތުވެ ފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ބިދޭސީން ކައުންސިލްގައި ރަޖިސްޓރީކުރުމުގެ ހަރަކާތް ވެސް ކުރިޔަށް ންގޮސްފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ. ދާދި ފަހުން ސިޓީ ކައުންސިލުން ވަނީ ފުވައްލައް ސިޓީގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމުގެ ސާވޭއެއް ކުރުމަށް އިއުލާންކޮށްފައި ވެއެވެ.

ބަނގްލާދޭޝް އެމްބަސީގެ ފަރާތުން ފުވައްމުލަކުގައި އުޅޭ ބަނގްލާދޭޝްގެ މީހުނާއި ބައްދަލުކުރަނީ

ލޯކަލް ކައުނސިލް ގެ ގާނޫނު ނު ބުނާގޮތުން ކޮންމެ ރަށެއްގެ ކައުންސިލަކުން ވެސް އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ރަޖިސްޓރީއެއް އެކުލަވާލާއި ބަލަހައްޓަން ޖެހެއެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ކައުންސިލަކުން މިހާތަނަށް ސިދޭސީންގެ ރަޖިސްޓރީއެއް އެކުލަވާލައި ބަލަހާއްޓަމުން ގެންދާކަން އެގޭކަށް ނެތެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ގަވާއިދާއި ޚިލާފަށް އުޅޭ ބަނގްލާދޭޝް މީހުން އުޅޭ މައްސަލަ ބޮޑުވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ހަމަ އެގޮތަށް ފުވައްމުލައް ސިޓީގައި ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާ ކަމުގެ އަޑުތައް އިވެއެވެ.

މާލޭގައި ވެސް ބިދޭސީން ރަޖިސްޓރީކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދެއެވެ. އަދި މިހާރު ގަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ އެންމެ ހާ ބަނގްލާދޭޝް ރައްޔިތުންނަށް ގަވާދިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ރަޖިސްޓރީވެގެން ދިނުމަށް ވަނީ ނިންމާފައެވެ.

މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާލުވެފައިވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރާނެ ކަމަށާއި އެކން ނުކުރެވިއްޖެ ނަމަ މަގާމުގަިއ ނުހުންނަވާނެ ކަމަށެވެ.

ބަނގްލާދޭޝް އެމްބަސީގެ ފަރާތުން ފުވައްމުލަކުގައި އުޅޭ ބަނގްލާދޭޝްގެ މީހުނާއި ބައްދަލުކުރަނީ



ކިޔުންތެރިންގެ ޚިޔާލު