ވައްކަމުގެ މައްސަލައަކާއި ގުޅިގެން
ފުވައްމުލަކު މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ވައްކަމުގެ މައްސަލައަކާއި
ގުޅިގެން ހޯދަނީ ފުވައްމުލައް، މިސްކިތްމަގު، ފްލާވަރ، އަޙްމަދު ޢަބްދުﷲ 33
އަހަރުކަމަށެވެ. އޭނާ އަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ނ. މަނަދޫ ޕޮލިސް
ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން
ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ މީހެއްކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އަޙްމަދު
ޢަބްދުﷲއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތެއް
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ނ. މަނަދޫ ޕޮލިސް
ސްޓޭޝަންގެ ނަންބަރު 9792039 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.
+1
+1
ޚިޔާލުތައް