A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ބަހުން ބަހުސް ކުރުމުގެ މުބާރާތެއް ބާއްވަނީ

ފުވައްމުލަކު ބަހުން ބަހުސް ކުރުމުގެ
މުބާރާތެއް ފިސްޑާ އާއި މިކަލް ނޫސް ގުޅިގެން ބާއްވަން ނިންމައިފިއެވެ.

ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް
ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި މިކަލް ނޫސް ގުޅިގެން އިންތިޒާމްކޮށްގެން
ރަމަޟާން މަހުގެ ތެރޭގައި ބާއްވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު
ހުޅުވާލާފައިވާކަމަށް ފިސްޑާ އިން ބުންޏެވެ.

ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް
ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) ގެ ރައީސް މުހައްމަދު ލިޔާއު އަލީ ވިދާޅުވީ ފުވައްމުލަކު
ބަހުން ބަހުސް ކުރުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އޮފީސްތަކާއި
ކުންފުނިތަކަށް ކަމަށެވެ.

“މިމުބާރާތުގައި ވާހަކަ ދެއްކުމަށް
ހަމަޖެހިފައިވަނީ ފުވައްމުލަކު ބަހުން، މިއީ ފުވައްމުލަކު ބަސް ދިރުވާ
އާލާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް، އަދި މިމުބާރާތް ސްޕޮންސަރ ކުރުމަށް
ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވަނީ ހުޅުވާލެވިފައި” ލިޔާއު ވިދާޅުވިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ
14 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 14:00 ގައިކަމަށެވެ. މުބާރާތުގައި
ބައިވެރިވުމަށް އެދޭ ފޯމާއި އިތުރުމައުލޫމާތު އަދި ސްޕޮންސަރ ކުރުމަށް ބޭނުންވާ
މައުލޫމާތު 9895085 އަދި 9698474 ނަންބަރުން ލިބޭނެއެވެ.

ފުވައްމުލަކު ބަހުން ބަހުސް ކުރުމުގެ
މުބާރާތްތަކެއް މީގެ ކުރިންވެސް ދިވެހި ރާއްޖޭގެ އަޑުން ބާއްވާފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !