16 އޮކްޓޯބަރ 2019 ( ބުދަ )

banner

އެމްޑީއެންއާއި ދެކޮޅަށް ކުރެވޭ ކަންތައްތައް ސިޔާސީ ނުކުރެއްވުމަށް ޝެއިޚު ޝަފީއު އެދިވަޑައިގެންފި

މޯލްޑީވްސް ޑީމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓާއި ގުޅިގެން އެފަރާތާއި ދެކޮޅަށް ކުރެވޭ ކަންތައްތައް ސިޔާސީ ނުކުރެއްވުމަށް ޝެއިޚު ޝަފީއު އަބްދުﷲ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކިބައިން އެދިވަޑައިގެންފިއެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ހަވާލާދެއްވާ ޝެއިޚު ޝަފީއު ކުރެއްވި ޓްވީޓުގައި ވަނީީ “ﷲ އަށްޓަކާ ބުނަން – ރައީސް މުޙައްމަދު ނަޝީދު މީތި ސިޔާސީ ނުކުރައްވާ! ދިވެހި ރައްޔިތުން އެބައިމީހުންގެ ދީނާއި ރަސޫލާ (ޞޢވ) އަށް ބައަކު މީހުން ފުރައްސާރަކުރުމުން، އެކަމަށް ފިޔަވަޅު އަޅައި ދިނުމަށް އެދުމުން އެއީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް  ހެދުމަކީ ވަރަށް ހުތުރު ޢަމަލެކެވެ.” މި ޓްވީޓު ނިންމަވާލައްވާފައިވަނީ ބޭން އެމްޑީއެން ހޭޝް ޓެގު ބޭނުންކުރައްވާފައެވެ.

ޝެއިޚު ޝަފީއު މިމޭރުމުން ޓްވީޓު ކުރައްވާފައިމިވަނީ ރައީށް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ. “އިސްލާމްދީނަކީ އެންމެ މާތް އަދި އެންމެ ތަހުޒީބު ދީން، ސިޔާސީ ފުރުސަތު ހޯދުމަށްޓަކައި އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި އެންމެ ބޮޑަށް އިސްލާމްދީނަށް ފުރައްސާރަ ކުރުން” އެމްޑީއެން އާއި ދެކޮޅަށް ހިންގާ ކެމްޕޭނާއި ގުޅިގެން ނުސީދާކޮށް ރައީސް ނަޝީދުކުރެއްވި ޓްވީޓިގައި ލިއުއްވާފައިވެއެވެ.

ޝެއިޚު ޝަފީއުގެ އިތުރުން ގިނަ ދިވެހިން ރައްޔިތުންތަކެއް ދަނީ އެމްޑީއެމް އާއި ދެކޮޅަށް އަޑޫ އުފަލަމުންނެވެ. އެގޮތުން، ދާދިފަހުން ވަނީ އިލްމުވެރިންގެ ބައްދަލުވުމެއްވެސް ބާއްވަވާފައެވެ. އަދި ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނައެޅުން ހުއްޓުވުމާއި ގުޅޭގޮތުން ޖަމިއްޔާއެއް އުފެއްދުމަށްވެސް ވަނީ އިލްމުވެރިން ނިންމަވާފައެވެ. މިނިންމުން ނިންމަވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ރާއްޖޭގެ ބައެއް އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓެއްގަައި އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ހިމަނާފައިވާ މައްސަލައެއް ފެންމަތިވެެފައިވާއިރު އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައިވުމުގެ އިތުރުން އެ ރިޕޯޓުގައި ވަނީ ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ވެސް ބޭނުންކޮށްފައެވެ.

އެ ރިޕޯޓާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިއުން އަމާޒުވާން ފެށުމުން އެ ޖަމިއްޔާ އިން ވަނީ އެކަމަށް މައާފަށް އެދި ދީނީ އިލްމުވެރިއެއްގެ އެހީގައި އެ ރިޕޯޓު އިސްލާހުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އެޖަމްއިއްޔާއަކީ މިހާރު ޕޮލިސް ކޮމިޝަނާ ހަމީދާއި ދާދިފަހުން ސްޕްރީމް ކޯޓަށް އައްޔަންކުރެވުނު އައިޝާ ޝުޖޫންވެސް އިސްދައުރެއް އަދާކޮށްފައިވާ ޖަމިއްޔާއެއްކަމަށް ބުނެ ސޯޝަލްމީޑިއާގައިވަނީ މިސަރުކާރާއި އެޖަމިއްޔާއާއި ގުޅުވާފައެވެ. ދާދި ފަހުން ރައީސް އޮފީހަށް ކައުންޓާ ޓެރަރިޒަމް ކޮންސަލްޓަންޓެއްގެ ގޮތުގައި އެމްޑީއެންގެ ޗެއާޕާސަން ނޫޝިން ވަހީދު އައްޔަން ކޮށްފައިވާތީވެސް ގިނަ ބަޔަކު ދަނީ ސަރުކާރާއި އެމްޑީއެންއާއި ގުޅުވަމުންނެވެ.

 

 



ކިޔުންތެރިންގެ ޚިޔާލު