A wide advertisement which will be shown on all devices. (700 x 100)

އެންމެ އަލިގަދަ ތަރިއަށް ފުވައްމުލަކުން 3 ބައިވެރިން ހޮވިއްޖެ

އެންމެ އަލިގަދަރި ފުރަތަމަ އޮޑިޝަން ކާމިޔާބު ކުރި ފުވައްމުލަކުގެ 7 ބައިވެރިން 2 ވަނަ ބުރުގެ އޮޑިޝަނަށް މާލެ ފުރަން ފުވައްމުލަކު އެއާޕޯޓުގައި

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް “ދިވެހި ރާއްޖޭގެ އެންމެ އަލިގަދަތަރި” މުބާރާތުގެ ފައިނަލް ބުރަށް ފުވައްމުލަކު ތިން ބޭފުޅުން ހޮވިއްޖެއެވެ.

މިމުބާރާތުގައި ވާދަކުރާނެ 12 ބައިވެރިން ހޮވުމަށް ބޭއްވި ދެވަނަ ބުރުގެ އޮޑިޝަނުން ހޮވުނު ފުވައްމުލަކުގެ 3 ބައިވެރިންގެ ތެރޭގައި ހިމެނެނީ  ޙައްވާ ސައުސަން ،ހޯދަޑު/ޔާފާ، އަބްދުﷲ މުފީދު،ހޯދަޑު/ރަތްލިލީގެ، އަދި އަލީ އިބްރާހިމް ދީދީ، ދަހަނާ/ ދޫނޑިގަމް އެވެ 

މިއޮޑިޝަނުގައި ފުވައްމުލަކުގައި ބޭއްވި އޮޑިޝަނުން  ދެވަނަ ބުރުގެ އޮޑިޝަނަށް ހޮވުނު ފުވައްމުލަކުގެ 7 ބައިވެރިން ވާދަކޮށްފައިވެއެވެ.

މިފުރަސަތުގައި ފުވައްމުލަކުން މި މުބާރަތަށް ހޮވުނު 3 ބައިވެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި ކުރިޔަށް އޮތް މި މުބާރާތުގައި ފުވައްމުލައް ފަހުރުވެރި ކުރުވާނެ ނަތީޖާއަކަށް އެދެމެވެ. 

އެންމެ އަލިގަދަ ތަރި މިފަހަރުގެ މުބާރާތަށް ބައި މިލިއަން ރުފިޔާ އިނާމެއް ޕީއެސްއެމްއިން ވަނީ ހުށައަޅާފައެވެ. އަދި 1.8 މިލިއަން ރުފިޔާއާއެކު މި މުބާރާތް ސްޕޮންސާ ކޮށްފައިވަނީ އަޔާދީ ތަކަފުލް އިންނެވެ.

ގުޅުންހުރި ލިޔުންތަށް: އެންމެ އަލިގަދަތަރީ ގެ ފުވައްމުލަކު އޮޑިޝަނުން ހޮވުނު 8 ބައިވެރިންގެ ތެރެއިން 5 ބައިވެރިންނަކީ ހޯދަޑަށް ނިސްބަތްވާ ބައިވެރިން..

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !