9 އޭޕްރީލް 2020 ( ބުރާސްފަތި )

banner

ކަޝްމީރު މައްސަލައިގައި އޯއިސީގެ ނިންމުމާއި ދެކޮޅު – ރައީސް ނަޝީދު

އިންޑީއާއިން ކޮންޓްރޯލް ކުރަމުންދާ ކަޝްމީރުގެ ސަރަހައްދަށް ދީފައިވާ މިނިވަންކަން ނިގުޅައިގަތުމާއި ގުޅިގެން އެސަރަހައްދުގެ މަޝްރަހު ހޫނުވުމާއި ގުޅިގެން މުސްލިމު ގައުމުތައް އެކުވެގެން އުފައްދާފައިވާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯއޮޕަރޭވޭޝަނުން ނިންމި ނިންމުމާއި ދެކޮޅުކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދަތުރުފުރުގައި ދަ ހިންދޫ ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައެވެ.

ދަހިންދޫ އިން ކުރި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތައް އުވާލުމަށް ތާއީދުކުރައްވާ މޭރުމުން ވާހަކަދައްކަވާފައެވެ. އެއީ އިންޑިއާގެ ދާޚިލީ ކަމެއްކަމާއި އެކަން ކޮށްފައިވަނީ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވެ ނަޝީދު ވަނީ އޯއިސީގެ މެންބަރު ގައުމުތަކަށް ފާޑުވެސް ކިޔާފައެވެ. “އޯއައިސީގެ ވަރަށް މަދު ގައުމެއްގައި ނޫނީ ޑިމޮކްރަސީއެއް ނެތް، އަޅުގަނޑަކަށް ހިއެއްނުވޭ އިންޑިއާގެ އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ފާޑު އެފަރާތްތަކަށް ކިއިދާނެ ކަމަކަށް ނުފެނޭ” ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށާއި ރާއްޖެ އޮތީ އޯއައިސީގެ ނިންމުމާއި އެކޮޅަކަށްނޫންކަން ބަޔާންކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާވަނީ ބަޔާނެއް ނެރުއްވާފައެވެ.

ކަޝްމީރުގައި މުސްލިމުންނާ ދެކޮޅަށް ޚާއްސަ ފިޔަވަޅު އަޅައި އެއް ބަޔަކު ހައްޔަރުކޮށް އަނެއް ބަޔަކު ޝަހީދުކުރަމުންދާއިރު ރައީސް ނަޝީދު ވިދާޅުވީ އިންޑިޔާގެ އެތެރޭގެ ކަމެއްކަމުން ބުނާނެ ބަހެއް ނެތް ކަމަށެވެ.

އޯއައިސީން ވަނީ، އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރު ސްޓޭޓަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އެގައުމުގެ ސަރުކާރުން އުވާލުމަކީ، އެ ސަރަހައްދުގައި ހިންދޫންގެ ނުފޫޒު ގަދަ ކުރުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށް އިންޑިޔާއަށް ފާޑުކިޔާފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ އދ. ގެ އާންމު ޖަލްސާގައި ވެސް އިންޑިޔާގެ އަމަލުތައް އދ. އިން ހުއްޓުވައި ދިނުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ޚިޔާލު