A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުން ކަރަންޓް ކެނޑި ކަނު އަނދިރީގައި

ފުވައްމުލަކުގެ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލަތަކާއި ގުޅިގެން ކަރަންޓް ކެނޑި ކަނު އަނދިރީގައި ތިބެން ޖެހިއްޖެއެވެ.

އިއްޔެ އާއި ކުރީ ދުވަހުގެރޭ އަދި ރެއާއި މިއަދުގެ ވަގުތުތަކުގައި ކަރަންޓް ނެތުމުގެ ސަބަބުން ގިނަ ގުނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. އެގޮތުން ބައެއް ފިހާރަތައްވެސް ނުހުޅުވައެވެ. ސިތާނާ ފަދަ ބޮޑެތި ފިހާރަތަކުގެ ބޭރުގައި ފިހާރަ ހުޅުވޭނެ ވަގުތެއްގެ އިންތިޒާރުގައި ގިނަބަޔަކު މިއަދު ކިއޫ ހަދާލާފައިވާ މަންޒަރު މިކަލް ނޫހުގެ ރިޕޯޓަރުންނަށް ފެނިފައިވެއެވެ.ނަމަވެސް ބައެއް ފިހާރަތަކުން ތަކެތި ވިއްކަމުންދާކަން ފާހަނގަ ކުރެވެއެވެ.

އާދީއްތަ ދުވަހުގެރޭ ދަންވަރު ވެސް ކަރަންޓް ކެނޑި ފައިވެއެވެ. އިއްޔެވެސް ބައެއް ހިސާބުތަކުން ކަރަންޓް ނެތުމުގެ ސަބަބުން ގިނަބަޔަލު ޝަކުވާކޮށްފައި ވެއެވެ. ނަމަވެސް މެންދުރެއްހާއިރު ކަރަންޓް ލިބުމުން ގިނަ ބަޔަކު ގަބޫލުކުރީ ކަރަންޓްގެ މައްސަލަ ހައްލުވީ ކަމަށެވެ.ރޭ ދަންވަރު
ކަރަންޓް ކެނޑުނު ގޮތަށް ބައެއް ހިސާބުތަކަށް އަދިވެސް ކަރަންޓެއް ނުލިބެއެވެ.

ފެނަކަ ފުވައްމުލަކު އޮފީހުން ފޯނެއް ނުނަގާތީވެ ކަރަންޓްގެ ލިބޭނެ ވަގުތެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އިއްޔެ އެއޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ “5 ނަންބަރު އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.” އަދި މިވަގުތު ތަނުގެ ލޯޑް ހުރި ގޮތުން ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑާލަން ޖެހިދާނެކަމަށެވެ. އަދި ވީހާވެސް މަދުން ކަރަންޓް ބޭނުން ކުރުމަށް ފެނަކަ އިން އެދިފައިވެއެވެ.

ފުވައްމުލަކުގައި ދާދި ފަހުން ބޮޑު އިންޖީނެއް ބަހައްޓާފައިވާކަން ފާހަނގަ ކުރެވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑި އާންމުންގެ ގިނަ އިލެކްޓްރޯނިކް ތަކެއްޗަށް ގެއްލުން ލިބުމުގެ ޝަކުވާ ކުރަމުން ގެންދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !