28 މެއި 2020 ( ބުރާސްފަތި )

banner

ފުވައްމުލަކުގައި ބެހެއްޓުމަށްޓަކައި 1.2 މެގަވޯޓުގެ އާ ޖަނެރޭޓަރެއް ފުވައްމުލަކަށް ގެންދަނީ

ފުވައްމުލަކުގެ ކަރަންޓް މައްސަލަ ހައްލުކުރުމަށްޓަކައި 1.2 މެގަވޯޓުގެ ޖެނެރޭޓަރެއް ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ. ފުވައްމުލަކުގެ އިންޖީނު ގޭގައި އަލަށް އިންސްޓޯލް ކުރުމަށް ތައްޔާރުވެފައިވާ މި ޖެނެރޭޓަރު ފުވައްމުލައް ގެންދިއުމަށްޓަކައި ރޭގެ ވަގުތެއްގައި ވަނީ މާލެއިން ފުރާފައި ކަމަށް ފެނަކައިން ހާމަކުރެއެވެ.

ދޭތެރެ ދޭތެރެއިން ކަރަންޓް ކަރަންޓް ދިއުމުގެ މަސައްލަ ވަނީ ފަހަކަށް އައިސް ގިނަ ވެފައެވެ. މިމައްސަލަ ބޮޑަށް ދިމާވެފައިވަނީ ފުވައްމުލަކުގެ މަގުތަކުގައި އަޅާފައިވާ ކޭބަލް ތަކަށް ގެއްލުން ތަކެއް ލިބުމުގެ އިތުރުން ފުވައްމުލަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން ދިޔަ މިންވަރަށް ކަރަންޓް އުފެއްދާ ދޫކުރެވޭ މިންވަރު އިތުރު ނުކުރެވިގެންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެހެންކަމުން، އަލަށް މިގެނެވޭ 1.2 މެގަވޮޓުގެ ޖަނަރޭޓަރާއިއެކު މިމައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ޚިޔާލު