A wide advertisement which will be shown on all devices. (700 x 100)

ސަރުކާރުން އެންމެ އިހާނެތިކޮށް ހިތަމުންދަނީ ފުވައްމުލަކަށް: މަލީހް

ކުރީގެ ޔޫތު މިނިސްޓަރ މަލީހް - ފޮޓޯ ރައީސް އޮފީސް

ސަރުކާރުން އެންމެ އިހާނެތިކޮށް ހިތަމުންދަނީ ފުވައްމުލަކަށް ކަމަށް ފުވައްމުލަކަށް ނިސްބަތް ވެ ވަޑައިގަންނަވާ މި ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވީ ފުވައްމުލަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާތީ ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި އުދަގުލާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޓުވީޓްއެއްގައި އެވެ.

މަލީހު ވިދާޅުވި ގޮތުގައި މި ސަރުކާރު ގެނައުމަށް  އެންމެ ބުރަ މަސަކަތް ކުރީ ފުވައްމުލަކު ރައްޔިތުން ކަމަށެވެ.” މި ސަރުކާރު ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ ފުވައްމުލަކު ރައްޔިތުން، މިވެރިން އެންމެ އިހާނެތިކޮށް ހިތަމުންދަނީ ފުވައްމުލަކައް! އެގިދާނެތާ !” މަލީހުގެ ޓުވީޓުގައި ވެއެވެ.

މަލީހުކުރި އިތުރު ޓުވީޓެއްގައި ބުނަފައި ވަނީ ރާއްޖޭގެ އެއް ރަށަކަށް އެންމެ އާބާދީ ބޮޑު ފުވައްމުލަކުން އިރު އިރުކޮޅާ ކަރަންޓު ކެނޑި ކަނު އަދިރީގައި އޮތުމީ ސަރުކާރު ލަދުގަންން ޖެހޭނެ ކަމެއް ކަމަށެވެ.

ފުވައްމުލަކުން އިރު އިރުކޮޅާ ކަރަންޓު ކެނޑެމުންދާތީ ފުވައްމުލަކު ބައެއް ރައްޔިތުން ރޭ ވަނީ  ފެނަކަ ފުވައްމުލަކު ބުރާންޗް ދޮށުގައި އިހްތިޖާޖުކޮއްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !