16 އޮކްޓޯބަރ 2019 ( ބުދަ )

banner

ފުވައްމުލައް ސިޓީގައި ފެން ބޮޑުުވުން

މޫސުމަށް ސަމާލުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެދޭ

މޫސުމަށް ސަމާލުވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެދެއެވެ. މިއަދާއި މިރޭ ވެސް ފުވައްމުލައް ސިޓީއަށް ގަދައަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކުރައްވައެވެ.

މިއަދު ހެނދުނުގެ ވަގުތުތަކަށް މޫސުމީ ޔެލޯ އެލާރޓް ނެރެނުފަހުން މިހާރު ވަނީ ހަވީރާއި މިރޭގެ ވަގުތުތަކަށް ހުދު އެލާޓާށް ދަށްވެފައި ވެއެވެ.

މިއަދު ދެ ދަޅައަށް “މޫސުމީ ދެ ކުލައިގެ އެލާރޓް” ނެރެފައި

މިދުވަސްވަރު ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. އިއްޔެ އާއި މިއަދުވެސް ވާރޭވެހި ބައެއް ގެތަކަށް ފެންބޮޑުވުމުގެ އުނދަގުލާއި ކުރިމަތިލާން ޖެހިފައިވެއެވެ.

މި ވިއްސާރައިގައި ފެންބޮޑުވުން ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ނަމްބަރު 6869118 އަށް، ފުވައްލައް ޕޮލިސް 6865013 އަދި ފުވައްމުލައް ސިޓީގެ ހޮޓްލައިން ނަމްބަރު 7315001 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

އުތުރުން ހދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށްް ވިއްސާވެ ގުގުރައި، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމް ލަފާކުރާ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ހަމަކުރައްވައެވެ.

 



ކިޔުންތެރިންގެ ޚިޔާލު