A wide advertisement which will be shown on all devices. (700 x 100)

ރަސްގެފަންނަށް ބަޔަކު ގެއްލުންތަކެއްދީފި

ރަސްގެފަންނަށް ދިން ގެއްލުމުގެ ތެރޭގައި ހިމެނޭ އެތަނުގެ ބޯޑް ހަލާކުކޮށްލާފައި. ފޮޓޯ: ސައީދު

ފުވައްމުލަކުގެ މާލެގަން އަވަށުގައި މިދިޔަ ހަފްތާގައި ތަރައްގީކޮށް ނިންމާލި ރަސްގެފަންނުގައި ހުރި ތަކެއްޗަށް ބަޔަކު ގެއްލުންތަކެއް ދީފިއެވެ.

މާލެގަން ކައުންސިލްގެ ރައީސް އަލީ ސައީދު ވިދާޅުވީ މާލެގަން އަވަށުގައި މިދިޔަ ހަފްތާގައި ތަރައްގީކޮށް ނިންމާލި ގިނަ މަސައްކަތްތަކެއް ބަޔަކު ރޭގެ ދަންވަރު ވަގުތެއްގައި ހަލާކުކޮށްލާފައިވާ ކަމަށާއި މިއީ ވަރަށް ދެރަވެ ހިތާމަކުރާ ކަމެއްކަމަށެވެ.

ރަސްގެފަންނަށް މޫދަށް އެރުމަށްފަހު ފެންވެރުމަށް ހަދާފައިވާ ޝަވަރތައް ހަލާކުކުރުމުގެ އިތުރުން އެތަނުގައި ބަހައްޓާފައިވާ ބެންޗުތައްވެސް ވައްޓާލާފައިވެއެވެ. އަދި މީގެ އިތުރުން އެތަނުގެ ނަންބޯޑާއި އިތުރު ގެއްލުންތަކެއް ދީފައިވެއެވެ.

“ރޭގެ 12 އާއި ފަތިސް ނަމާދާއި ދެމެދު ވަގުތެއްގައި އެގެއްލުންތައް ދީފައިވަނީ، މިއީ ވަރަށް ހިތާމަކުރާ އަދި ކަންބޮޑުވާކަމެއް، މިފަދަ އިޖުތިމާއީ ތަންތަނުގައި ހުންނަ ތަކެއްޗަށް ގެއްލުން ދިނުމުން އެގެއްލުން ދެވެނީ އާންމު ރައްޔިތުންނަށް، އަދި މިއީ ރައްޔިތުންގެ ފައިސާއިން ހަރަދު ކޮށްގެން ހަދާފައިވާ ތަންތަން، އަޅުގަނޑުމެން ގޮވާލަން މިފަދަ ކަންތައްތައް ހުއްޓާލުމަށް އަދި މިއީ ތަރައްގީއަށް ހުރަސްއަޅާ ބަޔަކު ކުރާ ދަށުދަރަޖައިގެ ފިނޑި އަމަލުތަކެއް، މިކަންތައްތައް ކުއްވެރިކުރުން” ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ބައްލަވަމުން ގެންދާކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !