16 ޖޫޏް 2019 ( އާދީއްތަ )

ބަޖެޓް 2015: ފުވައްމުލަކު ކައުންސިލްތަކަށް 33.9 މިލިއަން ރުފިޔާ

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ 2015 ވަނަ އަހަރަށް އަންދާޒާ ކުރާ ބަޖެޓްގައި، ފުވައްމުލަކު ކައުންސިލްތަކަށް 33.9 މިލިއަން ރުފިޔާގެ ބަޖެޓެއް ލަފާކޮށްފައިވެއެވެ. މިއަދަދަކީ ކައުންސިލްތަކަށް ހުށަހެޅި ބަޖެޓް 3.5 އިން ސައްތައެވެ.

ފުވައްމުލަކު ކައުންސިލްތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ލަފާކޮށްފައިވަނީ، އަތޮޅު ކައުންސިލަށެވެ. އެއީ 6.7 މިލިއަން ރުފިޔާއެވެ. ރަށު ކައުންސިލް ތަކުގެ ތެރެއިން އެންމެ ބޮޑު ބަޖެޓެއް ލަފާކޮށްފައިވަނީ އެންމެ އާބާދީ ބޮޑު ދޫޑިގަމް ކައުންސިލަށެވެ. އެއީ 4.1 މިލިއަން ރުފިޔާއެވެ. ދެވަނަ އަށް ބޮޑު ބަޖެޓެއް ލަފާކޮށްފައިވަނީ 3.7 މިލިއަން ރުފިޔާ އަންދާޒާ ކޮށްފައިވާ ދަޑިމަގު ކައުންސިލުންނެވެ. ތިންވަނަ އަށް އެންމެ ބޮޑު ބަޖެޓެއް ލަފާކޮށް ފައިވަނީ 3.6 މިލިއަން ރުފިޔާ އަންދާޒާކޮށް ފައިވާ ފުނާޑު ކައުންސިލުންނެވެ.

އަތޮޅު ކައުންސިލް 6,714,149
މާދަޑު ކައުންސިލް 3,241,465
ދަޑިމަގު ކައުންސިލް 3,740,936
ދިގުވާނޑު ކައުންސިލް 3,207,405
ހޯދަޑު ކައުންސިލް 2,986,333
މިސްކިތްމަގު ކައުންސިލް 3,486,384
ފުނާޑު ކައުންސިލް 3,613,340
މާލެގަމް ކައުންސިލް 2,796,588
ދޫޑިގަމް ކައުންސިލް 4,143,810
ޖުމްލަ 33,930,410

ނުނިމޭ…


ކިޔުންތެރިންގެ ޚިޔާލު