A wide advertisement which will be shown on all devices. (700 x 100)

ކުރިކެޓު ކޯޗިން ކޯސް ފުރިހަމަ ކުރުމަށް ފުވައްމުލަކު ކުރިކެޓު ޓީމުގެ ކެޕްޓަން ފުރައިފި

ފުވައްމުލަކު އަންހެން ކުރިކެޓު ޓީމުގެ ކެޕްޓަން މަރިޔަމް ޒޫނާ ކުރިކެޓު ކޯޗިން ކޯހެއް ފުރިހަމަކުރުމަށް ފުރައިފިއެވެ. ޕާކިސްތާނުގެ ލާހޫރަށް އޮންނަ އަންހެން ކޯޗުން ތަމްރީނު ކުރުމުގެ ލެވެލް 1 ގެ ކޯސް ފުރިހަމަ ކުރުމަށް ޒޫނާ ފުރައިފައި ވަނީ ރޭގެ ވަގުތެއްގައެވެ. މިކޯހަކީ ދިވެހިރާއްޖޭގެ ކުރިކެޓު ބޯޑުން ތަނަވަސްކޮށްދީ ފައިވާ ފުރުސަތެކެވެ.

ފުވައްމުލަކުގެ އެކި އުމުރުފުރައިގެ ޒުވާން ކުރިކެޓު ކުޅުންތެރިން އުފެއްދުމުގައި ހީވާގިކަމާއިއެކު މަސައްކަތްކުރާ މަރިޔަމް ޒޫނާއަކީ މިދިޔަ އަހަރު ފައިނަލުގައި ކުޅުނު ފުވައްމުލަކު ކުރިކެޓު ޓީމުގެ ކެޕްޓަނެވެ. އަދި މިއަހަރު އޮތް އަންހެން ގައުމީ ކެރިކެޓު މުބާރާތުގެ ފުވައްމުލަކު ޓީމުގެ ކެޕްޓަންވެސްމެއެވެ. ފުވައްމުލަކު ޓީމުގެ އޯޕަން ބެޓުސް ވިމަނެއްގެ ގޮތުގައި އާންމުކޮށް ފެންނަ ޒޫނާއަކީ މިދިޔަ އަހަރު ކުރިކެޓު ބޯޑް އޮފް މޯލްޑިވްސް ހޮވި އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !