29 މާރިޗު 2020 ( އާދީއްތަ )

banner

އަލަށް ވިޔަފާރި ފަށަން ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަ މައުލޫމާތު ސެޝަނެއް ބާއްވަނީ

އަލަށް ވިޔަފާރިއެއް ފަށަން ޝައުގުވެރިވާ ޒުވާނުންނަށާއި ޖަމިއްޔާ ޖަމާއަތްތަކަށް އަމާޒުކޮށްގެން އަންނަ މަހު 13 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ނަންނޯޓުކުރުމަށް ހުޅުވާލައިފިއެވެ. މިމައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ހުޅުވާލައިފައިވަނީ މިމަހު 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަންނަ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލަށް ފޯނުކޮށްގެން ނުވަތަ ފޭސްބުކު ޕޭޖަށް މެސެޖުކުރައްވައިގެން ނަންނޯޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަނަކީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދާ “މޯލްޑިވްސް: އެންހޭންސިން އެމްޕްލޯޔަބިލިޓީ އެންޑް ރިޒިލިއަންސް އޮފް ޔޫތު” ޕްރޮޖެކުގެ ދަށުން އަލަށް ވިޔަފާރި ފަށަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިއަށް ގެންދެވޭ ސެޝަނެކެވެ. ވޯލްޑް ބޭންކުގެ 10 މިލިއަން ޑޮލަރުގެ ގްރާންޓަކާއި ކްރެޑިޓް ފެސިލިޓީއެއް ކަނޑައަޅާފައިވާ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އައްޔަންކޮށްފައިވަނީ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނާއިއެވެ. މިދިޔަ ޖޫން މަހު ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ބޯޑު ޑައިރެކްޓާސް ހުއްދަ ދެއްވި މިޕްރޮޖެކްޓްގެ އަމާޒަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ބިނާކުރުމާއި ވިޔަފާރީގެ ދާއިރާއަށް ޒުވާނުން ނެރުމަށް މަސައްކަތްކުރުމެވެ.


ކިޔުންތެރިންގެ ޚިޔާލު