A wide advertisement which will be shown on all devices. (700 x 100)

ބަޖެޓް 2015: ފުވައްމުލަކަށް ކަޑައަޅާފައިވާ ގިނަ މަޝްރޫއުތައް ހިނގަމުންދަނީ…؟

2015 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީއިން މަޖިލީހަށް ހުށަހެޅުއްވި އިރު ފުވައްމުލަކަށް މިއަހަރުގެ ބަޖެޓްގައި ވެސް ހުށަހެޅި ގިނަ މަޝްރޫއު ތަކެއް އަނެއްކާ ވެސް މި އަންނަ އަހަރަށް ހުށަހަޅައިފި އެވެ.

ފުވައްމުލަކަށް ހުށަހަޅާފައިވާ މަޝްރޫއު ތަކުގެ ތެރޭގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ފެނާއި ނަރުދަމާ ގާއިމު ކުރުމާއި، ބަނދަރު މަރާމާތު ކުރުން ހިމެނެއެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ލޯނެއް ނެގުމަށް ހަމަޖެހިފައި ވަނީ “ކުވައިތު ފަންޑު ފޯރ އަރަބި އިކޮނޮމިކް ޑިވެލޮޕްމަންޓް” އިން ނެވެ. މަޝްރޫއު ފެއްޓުމަށް ހަމަޖެހިފައި ވަނީ 2015 ވަނަ އަހަރު އެވެ. އަދި މަޝްރޫއު ނިމޭނެ ތާޜީހެއް ބަޖެޓްގައި ބުނެފައެއް ނެތެވެ.
ފެނާއި ނަރުދަމާ މަޝްރޫއު ވެސް ހިންގުމަށް ހަމަޖެހިފައި ވަނީ “ކުވައިތު ފަންޑު ފޯރ އަރަބި އިކޮނޮމިކް ޑިވެލޮޕްމަންޓް” އިން ލޯނެއް ނަގައިގެންނެވެ. މިމަޝްރޫ މިހާރު ފެއްޓިފައިވާ ކަމަށް ބަޖެޓް ފޮތުގައި ބުނެފައިވެއެވެ. އަދި މިމަޝްރޫއު ނިމޭނެ ކަމަށް ބުނެފައި ވަނީ 2017 ވަނަ އަހަރުއެވެ. އަދި ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް 28 ޖެނުއަރީ 2014 ގައި ފެއްޓިފައިވާ ކަމަށާޢި އަދި މިމަސައްކަތް ނިމޭނީ 31 ޑިސެމްބަރ 2017 ގައި ކަމަށް ބުނެފައިވެއެވެ. އަދި މިމަޝްރޫއަށް ފައިސާ ހޯދާނީ ބޭރު ލޯނު އެހީގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.

ފުވައްމުލަކުގައި 200 ހައުސިންގ ޔުނިޓް ހެދުމުގެ މަސައްކަތް 2012 ވަނަ އަހަރު ސެޕްޓެމްބަރ މަހު ފެށިގެން ކުރިއަށްދާ ކަމަށާއި އަދި މިމަޝްރޫއު ނިމޭނީ 2017 ޑިސެމްބަރ މަހުގައި ކަމަށް ވެސް ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި ބަޖެޓްގައި ބުނެފައި ވެއެވެ.

2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ފާވާއިރު ބަޖެޓްގައި ހިނގަމުންދާ މަޝްރޫތައް ކަމަށް ބުނެފައިވާ ގިނަ މަޝްރޫއު ތަކަކީ މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިވާ މަޝްރޫއު ތަކެއް ނޫނެވެ. ނަމަވެސް ސާވޭއް ނުވަތަ ފުވައްމުލަކު ކައުންސިލަކަށް މަޝްރޫއާއި ބެހޭ ސިޓީއެއް ފޮނުވާލުމުން މަޝްރޫއުގެ މަސައްކަތް ފެށުނީ ކަމަށް ބެލެވިދާނެ އެވެ. އެހެން ކަމުން ގިނަ މަޝްރޫއުތަކަކީ އެގޮތަށް ފެށިފައިވާ މަޝްރޫއުތަކެއް ކަން ފާހަނގަ ކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !