A wide advertisement which will be shown on all devices. (700 x 100)

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ ބުރު ނިމިއްޖެ

ޕޯޗްގީޒް ޓީމުގެ ކުރީގެ ފޯވަޑް ލުއިސް ފީގޯ (ޖ7) އަދި މިހާރުގެ ފޯވަޑް ކ.ރޮނަލްޑޯ (ޖ.17) ވަނީ 127 މެޗު ކުޅެގެން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ގާއިމުކޮށްފައި. ފޮޓޯ؛ ޔޫއެފާ

މިހާރު ފްރާންސްގައި ބޭއްވޭ ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުގެ ކުޅުން ރޭ ނިމިއްޖެއެވެ. ކޮންމެ ޓީމަކުން އެއް މެޗު ކުޅެ ނިމުނު އިރު 2 ލަނޑުގެ ތަފާތެއް ހޯދިފައި ވަނީ ވެސް އެންމެ 3 ޓީމަކަށެވެ. އެއީ ހަންގޭރީއާއި އިޓަލީ އަދި ޖަރުމަނެވެ. ރޭގައި ކުޅެވުނު ހަންގޭރީ އަދި އޮސްޓްރިއާ ބައްދަލުކުރި މެޗު ހަންގޭރީން ކާމިޔާބުކުރީ 2-0 ނެވެ. އަދި ފަހު މެޗު ނިމުނީ ޕޯޗްގަލް އާއި އައިސްލެނޭޑް އެއްވަރުވެގެންނެވެ.

ހަންގޭރީ 2- އޮސްޓްރިއާ 0

ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ރޭގެ ފުރަތަމަ މެޗުގައި ހަންގޭރީން މެޗުގައި ކުރި ހޯދީ ދެވަނަ ހާފުގައި އެޑަމް ސަލާއި (ޖ.9) ޖަހައިދިން ގޯލަކުންނެވެ. އެއިގެ ކުޑައިރުކޮޅެއް ފަހުން އޮސްޓްރިއާގެ އެލެގްޒެންޑާ ޑްރޮގްވިޗް (ޖ.4) އަށް ވަނީ ދެރީނދޫ ކާޑާއެކު ރަތްކާޑެއް ދާއްކައި ދަނޑު ފޮނުވާލާފައެވެ. މެޗުގައި ހަންގޭރީގެ ދެވަނަ ގޯލު ބަދަލު ކުޅުންތެރިޔާ ޒޮލަޓަން ސްޓެއިބަރ (ޖ.16) ކާމިޔާބުކޮށް ދިނީ މެޗުނިމެން 3 މިނިޓަށް ވެފައި ވަނިކޮށެވެ. މުޅި މެޗުގަިއވެސް އޮސްޓރިއާގެ ޑޭވިޑް އަލްބާ (ޖ.8)ގެ ކުޅުން ފާހަނގަ ވިއެވެ.

މިމެޗުގައި ކުޅުނު ހަންގޭރީގެ 40 އަހަރުގެ ގޯލްކީޕަރަކީ މުޅި ޔޫރޯ މުބާރާތުގެ ތާރީޚުގައި ވެސް މިހާތަނަށް ކުޅުނު އެންމެ ދުވަސްވީ ގޯލްކީޕަރު އަދި ކުޅުންތެރިޔާއެވެ.

މިދެޓީމު މީގެ ކުރިން 15 ފަހަރު ބައްދަލުކޮށްފައި ވާއިރު 10 މެޗުން ހަންގޭރީ މޮޅުވެ އެއް މެޗުން އޮސްޓްރިއާ ވަނީ މޮޅުވެފައެވެ. އަދި 4 މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ.

މަޝްހޫރު ޕޯޗްގަލް ޓީމު އަލަށް ކުޅުނު އައިސްލޭންޑާއި އެއްވަރު

ރޭގެ ދެވަނަ މެޗުގައި މަޝްހޫރު ކްރިސްޓިއާނާ ރޮނަލްޑޯގެ ޕޯޗްގަލް ޓީމު، ރާއްޖެއަށް ވުރެވެސް ކުޑަ އާބާދީއެއް ހިމެނޭ އައިސްލޭންޑާއި ދެކޮޅަަށް ކުޅުނު މެޗް ގިނަބަޔަކު ލަފާކުރި ގޮތާއި ޚިލާފަށް ނިމުނީ 1-1ން އެއްވަރުވެގެންވެ. ޔޫރޯގައި ޕޯޗުގަލުން ޖެހި 600 ވަނަ ގޯލަށް ވެގެންދިޔައީ މިމެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ދިނީ ފުރަތަމަ ހާފުގައި ނާނި (ޖ.17) އެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވެ އައިސްލޭންޑްގެ ގޯލު ކާމިޔާބުކޮށް ދިނީ ބާކިރު ބާނަސަން (ޖ.8) އެވެ.

މިމެޗުގައި ޕޯޗްގައިލް ޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ދިޔައެވެ. ރޭގެ މެޗުގައި ކްރިސްޓިއާނާ ރޮނަލްޑޯ (ޖ.7)ށް މާ އެދެވޭ ކުޅުމެއް ނުދެއްކި ގޯލުޖަހަން ލިބުނު ފުރުސަތުތައް ވެސް ބޭކާރުވީއެވެ. ނަމަވެސް އޭނާ ގައުމީ ޓީމަށް ކުޅެދިން މެޗުގެ އަދަދު 127ށް އަރައި، މިހާރު އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް އޮތް ޕޯޗްގީޒް ކުރީގެ ފޯވަޑް ލުއިސް ފީގޯއާއި ވަނީ އެއްވަރު ވެފައެވެ. މިމުބާރާތް ނިމޭއިރު އެރެކޯޑް ރޮނަލްޑޯއަށް ލިބޭނެއެވެ.

ރޭގެ މެޗުގައި ޕޯޗްގީޒު ޓީމުން ވަނީ މުޅިމެޗު ޑޮމިނޭޓްކޮށް އިދިކޮޅު ގޯލަށް 27 ހަމަލާ ދީފައިވެއެވެ. އައިސްލޭންޑަށް ދެވިފައި ވަނީ އެންމެ 4 ހަމަލާއެވެ. މިދެޓީމު މީގެ ކުރިން ބައްދަލުކުރި ދެފަހަރު ވެސް މޮޅުވެފައި ވަނީ ޕޯޗްގަލް ޓީމެވެ. މިމެޗުން އެއްވަރުވުމަކީ ވެސް އައިސްލޭންޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ބެލެވެއެވެ.

މިރޭ ކުޅެވޭ މެޗުތައް

6:00 – ރަޝިއާ އާއި ސްލޮވާކިއާ (ގްރޫޕް ބީ)

9:00 – ރޫމޭނިއާ ސްވިޒަލޭންޑް (ގްރޫޕް އޭ)

12:00 – ފްރާންސް އަލްބޭނިއާ (ގްރޫޕް އޭ)

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !