A wide advertisement which will be shown on all devices. (700 x 100)

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަޑު ދެކުއްޖަކު ހޯދަނީ

ކ-ވ: ޏ. ފުވައްމުލައް، ހޯދަޑު، އޯޝަންވިލާ، ނައުފާ އަޙްމަދު (17އ) އާއި ޏ. ފުވައްމުލައް، ހޯދަޑު، އޯޝަންވިލާ، ރަޝްފާ އަޙްމަދު (17އ)، ފޮޓޯ:މޯލްޑިވްސް ސަރވިސް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުވައްމުލަކު ހޯދަޑު އޯޝަންވިލާ، ރަޝްފާ އަޙްމަދު އާއި ނައުފާ އަޙްމަދު ހޯދަން ބޭނުންވެގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިއުލާންކޮށްފިއެވެ.  އެއިއުލާނުގައިވާ ގޮތުން މި ކުދިންނަކީ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ހޯދައި ނުފެނިފައިވާ ދެ ކުދިންނެވެ.

ވީމާ، އެ ދެކުދިންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލުމާތެއް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެފަރާތުން އެދޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނެރުނު އިއުލާނުގައިވެއެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !