A wide advertisement which will be shown on all devices. (700 x 100)

ޝަފީއު ގެއްލުމާއި ގުޅިގެން އޭނާގެ އަބިމީހާއާއި ސުވާލު ކުރަންފަށައިފި

ޝަފީޢު ހޯދައިދޭ ފަރާތަކަށް 20000 ރުފިޔާގެ ފައިސާގެ އިނާމު ވެސް އާއިލާއިން ހުށަހެޅި. ފޮޓޯ: ފުލުހުންގެ މީޑިއާ

މީގެ ދެ އަހަރު ކުރިން ގެއްލިފައިވާ ފުވައްމުލަކު ދޫނޑިގަމު އޮޅުތެރެގެ މުހައްމަދު ޝަފީޢު، ގެއްލުމާއި ގުޅޭ މައްސަލާގައި ޝަފީއުގެ އޭރުގެ އަންހެނުންނާއި މަރުތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި ކޮމިޝަނުން ސުވާލު ކުރަން ފަށައިފިއެވެ. ޝަފީއު ގެއްލިފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހު 14 ވަނަ ދުވަހުގެ ރޭގައެވެ. އެރޭގައި ގެއިން ނިކުމެގެން ޝަފީއު ދިޔައީ ގާތްގަޑަކަށް 9:30 އެހާކަށް ހާއިރުކަމަށާއި އޭނާ ބޭރަށް ދިޔައީ ވޮލެޓާއި ފޯނުވެސް ގޭގައި ބާއްވާފައި ކަމަށް ޝަފީއުގެ އާއިލާއިން މައުލޫމާތު ދީފައިވެއެވެ.

ޝަފީއުގެ އަނބިމީހާ އައިޝަތު ނަޝީދާގެ އާއިލީ ފަރާތަކާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައިވަނީ ނަޝީދާ ހަގަޑިއިރު ވަންދެން ކޮމިޝަނުގި ބެހެއްޓުމަށްފަހު ސުވާލުކޮށްފައިވަނީ ޝަފީއުގެ މަރުގެ ތުހުމަތުގައެވެ. “ޗާޓެއް ދައްކާފައި ބުނީ، އެ ތަނުން ކޮންތަނެއްގައިހޭ ޝަފީއު ވަޅުލާފައި އޮތީ” އާއިލާއާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ނަޝީދާ މާލެ އައިސްފައި ވަނީ އެމައްސަލައިގައި ބަޔާނެއް ދިނުމަށް ރިޔާސީ ކޮމިޝަނުން އެންގުމުން އިއްޔެގައެވެ. އެއަށްފަހު އިއްޔެ ސުވާލުކުރުމަށްފަހު ދޫކޮށްލީ މިއަދު ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އަންގާފައެވެ.

މިދިޔަ ޖުލައި މަހުތެރޭ މަރުތަކާއި ބެހޭ ކޮމިޝަނުން ފުވައްމުލަކަށް ޒިޔާރަތްކޮށްފައިވެއެވެ. އެދަތުރުގެ މަގުސަދަކީ ޝަފީއު ގެއްލުނު މައްސަލަ ބެލުން ކަމަށް އެކޮމިޝަނުން އޭރު ބުނެފައިވެއެވެ.

އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާކޮށްފައިވާ ޝަފީއު ފުވައްމުލަކަށް ގޮސްފައިވަނީ  އޭނާ ގެއްލުމުގެ އެއްރޭ ކުރިން އާއިލާއާއިއެކު މާލެއިން ފުވައްމުލަކަށް އައިފްލައިޓުންނެވެ.  ޝަފީއު ހޯދުމަށް އޭރު ކުރެވުނު މަސައްކަތުން އެއްވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !