A wide advertisement which will be shown on all devices. (700 x 100)

ކުރީގެ ރައީސް ނަޝީދު މާދަމާ ފުވައްމުލައް ސިޓީއަށް

ރައީސް ނަޝިދު މާދަމާ ހެނދުނު ފުވައްމުލައް ސިޓީއަށް

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ، ހުކުރު ދުވަހު ހެނދުނު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް ނަޝީދު މާދަމާ ހެނދުނު ފުވައްމުލަކަށް ވަޑައިގަންނަ ވަނީ ވައިގެ މަގުން ކަމަށް ވެއެވެ.

ރައީސް ނަޝީދު މިހާރު އުޅުއްވަނީ ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައެވެ. އެގޮތުން ގއ. އާއި ގދ. ގެ ބައެއް ރަށްތަކަށް ވަޑައިގެންފައި ވެއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅަކީ އަމިއްލަ ކެމްޕޭން ދަތުރުފުޅެއް ކަމަށް ވެއެވެ. ރައީސް ނަޝީދު ވަނީ އިތުރު ދައުރަކަށް އެމްޑީޕީގެ ރައީސް ކަަމަށް ކުރިމަތިލައްވާފައެވެ. މިއީ އެމްޑީޕީ ރައީސް ކަމުގެ ކެމްޕޭނު ދަތުރުފުޅެއް ކަމަށް ވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މަސްރަޙުގައި އެމްޑީއެން ކިޔާ އަމިއްލަ ޖަމާއަތަކުން ނެރުނު ދީނާއި ޚިލާފު ރިޕޯރޓަކާއި ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން އެކިސިފަސިފާގައި ފާޅުކުރަމުން ދާ ދުވަސްވަރެކެވެ. އެރިޕޯރޓް ދިފާއުކުރައްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބައެއް މީހުންގެ ތުހުމަތު އޮވެއެވެ. ބައެއް މީޑިއާތަކުގައި އެރިޕޯރޓާއި އެމްޑީޕީ އާއި ގުޅުވައިގެން ސިޔާސީ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި މެދު މީހުންގެ އޮތް އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީ އިން ބުނެއެވެ. އަދި އެފަދަ ހަރަކާތްތަކުގައި އެމްޑީޕީ މެމްބަރުން ބައިވެރި ނުވުމަށް ވަނީ އެދިފައެވެ.

ސަރުކާރުން ވަނީ އެމްީިއެންގެ ހަރަކާތްތައް ހުއްޓުވާފައި، އަދި އެރިޕޯރޓާއި ގުޅޭ މައްސަލަ ތަހުގީގު ކުރަމުން ދާކަން ހާމަކުރެއެވެ. ނަމަވެސް ސަރުކާރުން ފިވަޔަޅެއް ނާޅާނެޔޭ ބުނެ ސަރުކާރާ މެދު އާއްމުންގެ މެދުގައި ނަފުރަތު އުފެއްދުމަށް ދީނުގެ ނަމުގައި ބައެއް މީހުން އާއްމުންނަށް ހަންފަތުރަން މަަސައްކަތް ކުރާ ކަމަށް އެމްޑީޕީ މީހުން ބުނެއެވެ.

އެމްޑީއެން އާއި އިދިކޮޅަށް ގޮވާލާ ގޮވާލުން ތަކުގައި އެމްޑީއެން އާއި ގުޅުންހުރި މީހުން މެރުމަށާއި އަންދާލުމަށް ގޮވުމާއި އެމްޑީއެންއާއި ގުޅުން ތިބި އެންމެން ސަރަކާރުން ވަކިކޮށް ފިޔަވަޅު އެޅުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. އަދި ސަރުކާރުން މިކަމާ އަވަސް ފިޔަވަޅެއް ނާޅާކަމަށް ބުނެ ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތައް ވެސް ބޮޑެވެ.

ދިވެހި ދިދަ ކަމުނުދޭ، ކަމުދަނީ ހުސްކަޅު ދިދައެއް..؟

ރާއްޖޭގެ ސަތޭކައަށް ވުރެ ގިނަ ކައުންސިލުންނާއި ރައީސް ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓް ކުއްވެރި ކުރައްވާފައެވެ. އެރިޕޯރޓްގައި ގޯސް ވާހަކަތަކެއް ހުރިކަމަށް އެޖަމްއިއްޔާ އިން ވެސް ވަނީ އެއްބަސްވެ އެ ރިޕޯރޓް އަނބުރާ ގެންގޮސްފައެވެ.

ސަރުކާރުން އެމްޑީއެންގެ ރިޕޯޓާއި މެދު ފިޔަވަޅު އަޅަމުން ކަމަށް ވަނީ ބުނެފައެވެ. އަދި މައްސަލައިގައި ހިމެނޭ މީހުން ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކުރަން ވަނީ ފަށާފައެވެ. ސަރުކާރުން އަންނަނީ އެފަދަ ކަމެއް ތަކުރާރު ވިޔަނުދިނުމަށް ހަދަންޖެހޭ ގާނޫނުތައް ހަދަމުންނެވެ. އެގޮތުން ޖަމްއިއްޔާތަކާއި ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ވަނީ ހުށަހަޅާފައެވެ.

ބައެއް މީޑޮއާތަކުން ބުނާ ގޮތުގައި މިއަދުގެ ވަގުތެއްގައި ސަރުކާރުން އެމްޑީއެން އުވާލާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !