22 ނޮވެމްބަރ 2019 ( ހުކުރު )

ދެކުނު މަހާސިންތާ 3 ގއ. ވިލިނގިލި، 2019

“ކަޓެރެހާ” އެއްބަސްވުން ގާއިމުކޮށް ދެކުނުގެ މަހާސިންތާ 3، ނިންމާލައިފި

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ގުޅިގެން ބޭއްވި “ދެކުނު މަހާސިންތާއް 2019” ގއ. ވިލިނގިލީގައި އިއްޔެ ނިންމާލީ ‘ކަޓެރެހާ’ ނަމުގައި އެއްބަސްވުމެއް ގާއިމުކޮށް އޭގައި ދެކުނުގެ 5 އަތޮޅުން ސޮއިކުރުމަށްފަހު އެވެ. މި މަހާސިންހާގައި މި އަތޮޅުތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖުލިސް މެންބަރުން ވެސް ބައިވެރިވެފައި ވެއެވެ. މިއީ މިގޮތުން ބޭއްވި 3 ވަނަ މަހާސިންތާ އެވެ. ފުރަތަމަ މަހާސިްނތާ ބާއްވާފައި ވަނީ 2015 ވަނަ އަހަރު ފުވައްމުލައް ސިޓީގައެވެ.

މި މަހާސިންތާގައި ގައި ކުރިން އެންމެ ދެކުނުގެ 4 އަތޮޅުން ބައިވެރިވީ ކަމުގައި ވިޔަސް މިހާރު ލ. އަތޮޅުން މި މަހާސިްނތާއިން ގުޅުމުން 5 އަތޮޅު ބައިވެރިވީއެވެ. މި މަހާސިންތާގައި މި އަތޮޅުތަކުގެ ސިޔާސީ އިސްފަރާތްތަކާއި ކައުންސިލްތަކުގެ އިސްފަރާތްތަކުން ބައިވެރިވެއެވެ.

ދެކުނު މަހާސިންތާ 3؛ ފުވައްމުލަކުގެ ބައެއް ބައިވެރިން

މި މަހާސިންތާގައި ދެކުނުގެ އަތޮޅުތައް ގުޅިގެން އުފައްދާ އެލަޔަންސާއެކު ތަރައްގީގެ ކަންކަމުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ. އަތޮޅުތަކުގެ ތަރައްގީގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދީ ރިސޯސްތައް ޝެއަރ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން މިފަދަ އެލަޔަންސެއް ގާއިމުކުރުމަކީ ހުރިހާ ފަރާތަކަށް ވެސް އޭގެ މަންފާ ލިބޭނެ ކަމެކެވެ.

މިކޮންފަރެންސްގައި 3 ކަރުދާހެއް ހުށަހަޅާ އެއަށް ވާހަކަ ދެއްކެވުމަށްފަހު ވަނީ ފާސްކޮށްފައެވެ. އެއީ ލ. ހައްދުއްމަތިން ހުށަހެޅި އަތޮޅުތަކުގެ ކަނެކްޓިވިޓީ ނުވަތަ ދަތުރުފަތުރުގެ ގޮތުން ގުޅުވާލުމާއި ގުޅޭ ކަރުދާހަކާއި ގދ. ހުވަދުއަތޮޅު ދެކުނު ބުރިން ހުށަހެޅި ފަތުރުވެރިކަމާއި ގުޅޭ ކަރުދާހަކާއި ސަދަން ރީޖަނަލް އެލަޔަންސް އުފައްދަން އައްޑޫ ސީޓީން ހުށަހެޅި ކަރުދާހެވެ. މި 3 ކަރުދާސް ވެސް އިސްލާހުތަކާއެކު 5 އަތޮޅުގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ.

މިއާއެކު “ކަޓެރެހޭ” އެއްބަސްވުމުގެ ނަމުގެ ނަމުގައި މި 5 އަތޮޅުން މިއެއްބަސްވުންތަކާއި އެއްގޮތަށް އަމަލުކުރުމަށާއި އަދި އެއްބަސްވުމުގައި ވާ ކަންތަތައް ހާސިލުކުރުމަށް ދިވެހި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް ފައި ވެއެވެ.

ދެކުނު މަހާސިންތާ 3؛ އަތޮޅުތަކުގެ އިސްވެރިންނާއި ކަޓެރެހާ އެއްބަސްވުމުގައި ސޮއިކުރުން

މިމަހާސިންތާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަތް ރައްޔިތުންގެ މަޖުލީހުގެ ރައީސް އަދި ކުރީގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ މީއި ތަރައްގީގެ ވިސްނުމުގައި އުފައްދާ އެލަޔަންސަކަށްވާއިރު އެކަމުގެ ވާހަކަ ދެއްކުމުގައި ފަސްޖެހެން ވީ ސަބަބެއް ނެތް ކަމަށެވެ.

“ސަރަހައްދީ އެލަޔަންސެއް ހެދުމަށް މި ފަސް އަތޮޅު އެބަ ބޭނުންވޭ. ފަހުމީގެ ވާހަކަފުޅުގައި ވިދާޅުވީ މި އެލަޔަންސަކީ ކޮން ބޭނުމަކަށް އެކުލަވާލެވޭ އެލަޔަންސެއްކަމާ ގުޅޭ ގޮތުން ސާފުކޮށް ވާހަކަތައް ދައްކަން ޖެހިލުންވާ ކަމަށް. އަޅުގަނޑުގެ ނަޒަރުގައި ނުޖެހޭ. އެއްވެސް ގޮތަކަށް ނުޖެހޭ. ތިބޭފުޅުންގެ އެލަޔަންސްގެ ބޭނުމަކީ ވެސް ތަރައްގީ. ތިބޭފުޅުންގެ ގުޅުމުގެ ބޭނުމަކީ ވެސް ދިރިއުޅުން ރަނގަޅު ކުރުން” ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެކުނު މަހާސިންތާ 3؛ އަތޮލުތަކުގެ އިސްވެރިންނާއި ޝަރަފުވެރި މެހުމާނު، ރައީށް ނަޝީދު

މި މަހާސިންތާގައި ފުވައްމުލައް ސިޓީގެ މޭޔަރ ފަލާޙު ޝަރީފު ވިދާޅުވެފައި ވަނީ ތަރައްގީގެ ކަންކަމުގައި އެންމެންގެ ވިސްނުން އެއްގޮތްކޮށް އެކުގައި މަސައްކަތްކުރަންވީ ވަގުތު މިއޮތީ އައިސް ޖެހިފައި ކަމަށެވެ.

ފުވައްމުލައް ސިޓީެގ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެދި ތިބެ ތަރައްގީގެ އެކި ބޭނުންތަކަށް ރަށުން ގަލއިާ ވެލި ނގުން ހުއްޓުވާފައި ވާކަމަށާއި މިކަމުގައި މިހާތަނަށް ވެސް އެހީތެރިވަމުން އައީ ހުވަދު އަތޮޅުން ކަމަށާއި އަދި ކުރިޔަށް އޮތްތަނުގައި ވެސް ފުވައްމުލަކުގެ ތަރައްގީގެ ކަންކަމަށް ދޮންވެވެލި ލިބޭނޭ ގޮތަށް ހުވަދޫއަތޮޅުން ހުވަދޫއަތޮޅުން ކަންތައްތައް އިންތިޒާމުކޮށްދެއްވަން އެދިވަޑައިގަތެވެ.

ދެކުނު މަހާސިންތާ 2، ފުވައްމުލައް، 2015

ދަތުރުފަތުރު ކުރުމުގައި އަދިވެސް މިވަނީ މާލެއަށް އެކަން ބަރޯސާވާން ޖެހިފައިކަމަށާއި މިސަރަހައްދުގެ އަތޮޅުތައް ވެސް ވައިގެނަގުން ގުޅާލެވިއްޖެ ނަމަ ދެކުނުގެ ފަތުރުވެރިކަމުގެ ނަފާ ހުރިހާ އަތޮޅަކަށް ވެސް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށް މޭޔަރ ފަލާހު ވިދާޅުވިއެވެ.

ދެކުނުގެ މަހާސިންތާގެ ވިސްނުއައީ 2014 ވަނަ އަހަރު އައްޑޫސިޓީ ހިތަދޫގައި ދެކުނުގެ ހިއުމަންރައިޓްސް އޮފީހެއް ހުޅުވުމުގެ ރަސްމިއްޔާތަށް މިއަތަޅުތަކުން ވަޑައިގަތް ބޭފުޅުންގެ މަޝްވަރާތަކުގެ ތެރެއިން ކަމަށް ވެއެވެ.

ދެކުނު މަހާސިންތާ 2، ފުވައްމުލައް، 2015 ގެ ބައިވެރިވި ބައެއް ކައުންސިލަރުން

މީގެ 60 ހަކަށް އަހަރު ކުރިން ދެކުނުގެ 4 އަތޮޅުން ވަނީ “ޔުނައިޓެޑް ސުވަލްދީވް އައިލެންޑްސް” ނަމުަގއި ވަދި ދައުލަތެއްވެސް ގާއިމުކޮށްފައެވެ. އެދުވަސްވަރު ދެކުނުގެ ރައްޔިތުން މާލެއަށް ޑިޕެންޑްވެގެން ތިބޭކަށް ނުޖެހެއެވެ. އައްޑުގައި އޮތް ތަރައްގީގެ ކުލަވަރާއެކު އެއިގެ ހެޔޮބަދަލު ދެކުނުގެ 4 އަތޮޅުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށް ވެސް ކުރަމުން ދިޔައެއެވެ. ނަމަވެސް ދެކުނުގެ ސަރުކާރު ނިމުމާއެކު އެހެން އެކްނަތއްތައް ބަދަލުވެގެން ދިޔައެވެ.

ދެކުނު މަހާސިންތާ 3؛ ނިންމުންކިޔުންތެރިންގެ ޚިޔާލު