A wide advertisement which will be shown on all devices. (700 x 100)

އެންމެ އަލިގަދަ ތަރީގެ 7 ވަނަ އާއިއެކު ސައުސަން މުބާރާތުން ކަޓައިފި

އެންމެ އަލިގަދަތަރި މުބާރާތުގެ ގަދަ 8 ގައި ވާދަކުރި ފުވައްމުލަކު ދެބައިވެރިން

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި 1437 ގުރުއާން މުބާރާތުގައި ގަދަ 8 ގައި ވާދަކުރި ފުވައްމުލަކުގެ ދެބައިވެރިންގެ ތެރެއިން ހައްވާ ސައުސަން 7 ވަނަ މަގާމާއިއެކު މުބާރާތުން ވަކިވެއްޖެއެވެ. ނަމަވެސް، ސައުސަން އާއިއެކު ގަދަ 8 އަށް ދަތުރުކުރި އަބްދުﷲ މުފީދު ވަނީ ގަދަ 6 އަށް ދަތުރުކޮށްފައެވެ. 

ހޯދަޑު އަވަށަށް ނިސްބަތްވާ ދެބައިވެރިންގެ ތެރެއިން އަބްދުﷲ މުފީދަކީ ހާފިޒު އަހުމާދު ސްކޫލުގެ އަރަބި ޓީޗަރެއްގެ ގޮތުގައި މަަސައްކަތް ކުރައްވާ ޓީޗަރަކެވެ. އަދި ހައްވާ ސައުސަން އަކީ އައިޑިއަލް ސްކޫލުގެ ޓީޗަރެކެވެ.

މިމުބާރާތުގެ ގަދަ 10 އަށް ފުވައްމުލަކު 3 ބައިވެރިން ދަތުރުކުރިއެވެ. އެއީ ދޫނޑިގަމު ދަހަނާ އަލީ އިބްރާހިމް ދީދީ އާއި ހޯދަޑު އަވަށުން ވިދާތަރި އަބްދުﷲ މުފީދު އާއި ޔާފާ ހައްވާ ސައުސަން އެވެ. އަދި މިމުބާރާތުގެ ފުރަތަމަ އޯޑިޝަނުން ހޮވިގެން ފުވައްމުލަކުގެ 7 ބައިވެރިޔަކު ދެވަނަ ބުރަށް މާލެ ދިޔައެވެ. ނަމަވެސް ފައިނަލް ބުރުން ޖާގަ ލިބުނީ ފުވައްމުލަކުގެ 3 ބައިވެރިންނަށެވެ. މިނަތީޖާ ތަކާއިއެކު ގަދަ 6 އާއި ހަމައަށް އެއްރަށަކުން އެންމެގިނަ ބައިވެރިން ތަމްސީލު ކުރަމުން ގޮސްފައިވަނީ ފުވައްމުލަކުންނެވެ.

ގުޅުންހުރި ލިޔުން:

އެންމެ އަލިގަދަ ތަރި: ފުވައްމުލަކުގެ 2 ބައިވެރިން ގަދަ 8އަށް

އަލިގަދަ ތަރި ގުރުއާން މުބާރާތުގެ ގަދަ 10އަށް ފުވަމުލަކުގެ 3 ބައިވެރިން ވެސް ދަތުރުކޮށްފި

އެންމެ އަލިގަދަ ތަރިއަށް ފުވައްމުލަކުން 3 ބައިވެރިން ހޮވިއްޖެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !