A wide advertisement which will be shown on all devices. (700 x 100)

ތުނީޑގައި ނަމާދުގެއަކާއި ފާޚާނާ ބަރިއެއް ހަދަނީ

ފުވައްމުލައް ސިޓީ ތުނީޑގެ ބޮޑު ދޮންވެލިގަނޑު 2019 އޮކްޓޯބަރ

ނަމާދުގެއަކާއި ފާޚާނާ ބަރިއެއް ހެދުމަށް ތުނޑީ ސަރަޙައްދުގައި ހެދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މިއީ ފުވައްމުލަކުގެ ގިނަ ބަޔަކު ހަފުތާ ބަންދާއި އެނޫން ވެސް ޗުއްޓީތަކުގައި ގިނައިން ގޮސް އުޅޭ މީހުން ދިރިއުޅެ ހިސާބާއި ދުރު ހިސާބެއްކަމުން މިފަދަ ތަނެއްގެ ބޭނުން ގިނަބަޔަކު ކުރާނެއެވެ. ފުވައްމުލައް ސިޓީ ތުނޑީ ސަރަހައްދަކީ އެރަށަށް ޒިޔާރަތްކުރާ ގިނަ ބަޔަކު ވެސް ޝައުގުވެރިވާ ސަރަހައްދެކެވެ.

ތުނޑީ ސަރހައްދުގައި ފާޚާނާ ބަރިއެއް ހަދަނީ

ފުވަމުލައްލައް ސިޓީ ކައުސިލްގެ އިއުލާނުގައި ވާގޮތުން މިމަސައްކަތުގެ މައުލޫމާތު ދިނުން 14 ނޮވެމްބަރުގައި ބާއްވާއިރު 19 ނޮވެމްބަގައި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހަޅަން ޖެހެއެވެ.

ފުވައްމުލައް ސިޓީ ތުނީޑގައި ކުރީގެ އެމްޑީޕީ ސަރުކާރުން ހެދި ކަލްޗަރަލް ވިލެޖް ނެތި ގޮސް އެތަނުގައި ހެދި އިމާރާތް ފަހުން ވަނީ ރެސްޓޯރެންޓަކަށް ބަދަލުކޮށްފައެވެ. ތުނޑީގައި ޕެބްލެސް ރެންޓޯރެންޓްގެ ގޮތުގައި މިހާރު ހިންގަނީ އެއިމާރާތުގައެވެ.

މިފަދަ ތަނެއް އަމިއްލަ ވިޔަފާރިއަށް ދޫކުރާއިރު އެސަރަހައްދުގެ ބޭނުން ހިފާ އާއްމު މީހުންނަށް ފާޚާނާ އާއި މޫދަށް އެރޭ މީހުން ގަޔަށް ފެން އަޅާލާނެ ފެންމާގަނޑުތަކަކާއި، ލުއިކާނާގެ ޓަކްޝޮޕެއް ފަދަ ތަންތަނާއެކު ދޫކޮށް ލުމަކީ މިފަދަ ތަންތަން ބޭނުން ކުރާ މީހުންނަށް ނުހަނު ފަސޭހަވެ، އެފަދަ ތަންތަން ބެލެހެއްޓިގެންދާނެ ކަމެކެވެ.

ފުވައްމުލައް ސިޓީ ތުނޑިއަށް ގިނަ ބަޔަކު ޖަމާވެފައި

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެސަރަހައްދުގައި މީގެ ކުރިން ހަޓްތަކާއި ބާބެކިއު ސްޓޭންޑް ތަކެއް ހަދާފައެވެ. މީގެ ސަބަބުން އެހިސާބަށް ޕިކްނިކަށް ދާމީހުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔައެވެ. ނަމަވެސް އާއްމު ރައްޔިތުން އެދެނީ އެފަދަ އިތުރު ހަޓް ތަކާއި ބާބެކިއު ސްޓޭންޑްތައް އިތުރަށް ހެދި، އެސަރަަހައްދުގެ ބޭނުން ހިފުމުގައި މިހާރަށްވުރެ ވެސް ފަސޭހަވެގެން ދާނެކަމަށެވެ. ދުވަހެއް ދުވަހަކަށް އެސަރަހައްދުގެ ބޭނުން ހިފާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަމީ މިފަދަ އިތުރު ވަސީލައްތައް އެސަރަހައްދަށް ބޭނުންވާ ކަމުގެ ނިޝާންތަކެވެ.

ފުވައްމުލަކު ތުނޑީ ސަރަހައްދަށް ވުރެންވެސް ގިނަ މީހުން ބޭނުން ކުރަމުން އަންނަ ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދުގައި ވެސް ނަމާދުކުރާ ތަނެއް ހުރުމަށް ގިނަ ބަޔަކު އެދެއެވެ.

ހުވަނދަގެ ބޭބެ – ބަނދަރު ސަރަހައްްދުގައި މިސްކިތެއް އަޅައިދޭން އެދުމުން އެކަން ކަށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާލުވި.

އެގޮތުން އެކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި އެމްޑީޕީއަށް މަރުދޭ ސަޕޯރޓަރެއް ކަމަށްވާ ހުވަނދަގެ ‘ބޭބެ’ ގާތުން ބޭބެ އެދެނީ ކޮންކަމަށް ތޯ އެހުމުން އެބޭބެ ބުނެފައި ވަނީ ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދުގައި މިސްކިތެއް ނުވަތަ ނަމާދުކުރާ ތަނެއް އަޅާއިދެއްވުން ކަމަށެވެ. އެއާއެކު މިހާރުގެ ރައީސް އިބޫ ސޯލިހު ވަނީ އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު އެކަން އެވަނީ ރިޔާސީ ވައުދަކަށްވެފައެވެ.

އެސަރަހައްދުގައި މިސްކިތެއް އެޅިގެން ދިއުމަކީ ދަތުރުވެރިންނާއި ފުވައްމުލައް ސިޓީގެ އެތަށް ބަޔަކަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

ތުނޑީގައި “ހަނާ ފެންމަލްގަނޑޮ” ހުރުމަށް އެދޭ.

ފުވައްމުލައް ސިޓީގެ ބިމުން ވިޔަފާރިއަށް ތަނެއް ދޭނަމަ އެއާއި ގުޅުވައި އާއްމު ރައްޔިތުންނަށް ފައިދާ ކުރާނެ ޚިދުމަތެއް އެފަރާތަކުން ދޭގޮތަށް ލާޒިމުކުރުމަކީ އެވިޔަފާރީގެ ފައިދާއިން ރަށުގެ އެންމެހާ ރައްޔިތުންނަށާއި މުޅި ރަށަށް ލިބިގެންދާ ކަމުގައި ބެލެވިދާނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ސަވާ

    ރަނގަޅުކަމެއް