A wide advertisement which will be shown on all devices. (700 x 100)

ދަޑިމަގުގެ ‘ފަރިވަޅެއް’ އެމްޓީސީސީއަށް

ދަޑިމަގުގެ ފަރިވަޅެއް އެމްޓީސީސީން މަގުހެދުމުގެ މަސައްކްތް ކުރާ މީހުންނަށް 2 ނޮވެމްބަރ 2019 ގައި

ފުވައްމުލައް ސިޓީ މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީ މީހުންނަށް ދަޑިމަގު އަވަށު އަންހެނުން ފަރިވަޅެއް ދީފިއެވެ. އިއްޔެގެ މެންދުރު ކެމުގެ ވަގުތަށް ދިން މިފަރިވަޅު އެމްޓީސީސީ އިން މަސައްކަތް ކުރާ ސައިޓަށް ހިފައިގެން ގޮސް ހަވާލުކުރީ ދަޑިމަގު އަވަށުގެ އަންހެނުންގެ ގުރޫޕަކުންނެވެ.

އިއްޔެގެ ފަރިވަޅުގައި ވެސް މައިގަނޑުކޮށް އެކުލެވެނީ ބޮނޑިބަތް ކަމަށްވެއެވެ. ބޮނޑިބަތުގެ އިތުރުން ބިރިޔާނިއާއި އެހެނިހެން ކެއުމުގެ ބާވަތްތައް ވެސް ހިމެނެއެވެ. އެމްޓީސީސީގެ މަސައްކަތު ސައިޓް ގާއިމުކުރެވިފައި ވަނީ ދަޑިމަގު އަވަށުގައެވެ.

މިފަރިވަޅު ދިނީ ދަޑިމަގު ސަރަހައްދުން މަގުގެ ފެށުން ފާހަގަކުރުމުގެ ގޮތުން ކަމަށް މިކަމުގައި އިސްކޮށް އުޅުނު ޝާހީނު މައުލޫމާތު ދެއްވިއެވެ. މި ފަރިވަޅު ދިނުމުގައި އިސްވެ އުޅުން އަންހުންގެ ގުރޫޕުން މިކަމުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ. މިހަރަކާތުގައި އިސްކޮށް އުޅުނު މީހުންނަށް އަވަށުގެ އެހެން މީހުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔަކަން އެމީހުން ފާހަގަ ކުރެއެވެ.

ތާރުއެޅުުމުގެ މިފޭސްގައި ފުވައްމުލައް ސިޓީ ތުނޑީ ރެސްޓޯރެންޓާއި ހަމަޔަށް ތާރު އެޅުުމަމަށް ހަމަޖެހިފައި ވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

ދަޑިމަގުގެ ފަރިވަޅެއް އެމްޓީސީސީން މަގުހެދުމުގެ މަސައްކްތް ކުރާ މީހުންނަށް 2 ނޮވެމްބަރ 2019 ގައި

ނާއިބު ތުއްތު މަގުގައި އަލަށް ތާރު އަޅާބައިގެ ބޮޑު ސަރަހައްދަަކީ ދަޑިމަގު އަވަށުގެ ސަރަހައްދުގެ ބައެވެ. ފުވައްމުލައް ސިޓީ ރިންގްރޯޑުގެ މިބައިގައި ތާރު އެޅިގެން ދިއުމުން މިކަމުގެ އެންމެ ބޮޑު ފަސޭހައެއް ލިބިގެން ދާނެ އެއްބަޔަކީ ދަޑިމަގު އަވަށުގެ މީހުންނެއެވެ. ވުމާއެކު ތާރުމަގުގެ މަސައްކަތް ކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދަޑިމަގު އަވަށުގެ އަންހެނުންގެ ފަރާތުން ކުރިޔަށް ގެންދިޔަ މިހަރަކާތުން ފުވައްމުލަކުގެ ކުރީގެ ސަގާފަތާއި އާދަ އަދި ރޫހު ވެސް ދިރިގެން ދިޔަކަމަށް ގަބޫލުކުރެވެއެވެ.

ފަރިވަޅު ދިނުމަކީ ވެސް ކުރީ ޒަމާނުގައި ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް ފުވައްމުލަކުގައި ވެސް ކޮށް އުޅުނު ކަމެކެވެ. ފަރިވަޅު ދިނުމަކީ އެސަރަހައްދެއްގައި ކުރެވޭ ބޮޑެތި ކަންކަމާއި ގުޅިގެން އެކްމަށް ހިތްވަރު ދިނުމުގެ ގޮތުން އެތަނަކަށް ގެންގޮސްދޭ ކެއުމެކެވެ. ނުވަތަ ކެއެމުގެ ބާވަތްތަކެވެ.

ދެކުމާއި ފަރިވަޅުގެ ތަފާތަށް ބަލާއިރު ދެކުން ދިނުމުގައި ގިނަ ބަޔަކު އެކުލެވުމާއި ގިނަ ފަހަރާ ރަށުފެންވަރުގައި ނުވަތަ އަވަށުފެންވަރުގައި ދެކުން ދެއެވެ. މަދުންމަދުން އާއިލީ ފެންވަރުގައި ވެސް ދެކުންދީފައި ހުރެއެވެ. ދެކުމުގައި ދޭ ތަކެތީގެ ބާވަތްތައް ގިނައެވެ. ކެއުމުގެ ބާވަތްތަކުގެ އިތުރުން އެހެނިހެން ބާވަތްތައް ވެސް ހިމެނެއެވެ.

ފަރިވަޅު ގައި އާއްމުކޮށް އެކުލެވެނީ ބޮނޑިބަތް ކެއުމެކެވެ. ފަރިވަޅު ޚާއްސަ ކުރެވެނީ ތަފާތު ކެއުމުގެ ބާވަތްތައްކަށެވެ. ފަރިވަޅު ދެނީ މަސައްކަތުގެ ވަކި ހިސާބަކުންނެވެ. ފެށުމުން ނޫނީ ނިމުމަކުން ނޫނެވެ.

ދަޑިމަގުގެ ފަރިވަޅެއް އެމްޓީސީސީން މަގުހެދުމުގެ މަސައްކްތް ކުރާ މީހުންނަށް 2 ނޮވެމްބަރ 2019 ގައި

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ޙަސަން

    ޜީދޫކުދިން

    • ޠުގާ

      ދެކުލައިން

  • ހުސެން

    ތިއީ ވ ރަނގަޅު ކަމެއް. ތި އަވަށުން ދައްކައި ތިދިނީ އާދަކާދައާ ރީތި ނަމޫނާއެއް.