ބާރު ސްޕީޑްގައި ތާރުމަގުން ސައިކަލު ދުއްވަމުން ދިޔަ ޒުވާނަކަށް ކޮންޓްރޯ ނުކުރެވި ގޮސް ސްޕީޑް ބްރޭކަރުގައި ޖެހިފައި ވެއްޓި އެޒުވާނާއަށް އަނިޔާވެ، ކޯމާއެއްގައި އޮތުމުން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުވައްމުލައް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
ސައިކަލުން ވެއްޓިފައި ވަނީ ހޯދަޑު އަވަށު ސަނީ ސައިޑ،ް ހަސަން ޒާހިރު، (26 އަހަރު) އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެއެވެ. މިހާދިސާ ހިނގިއިރު ސައިކަލުގައި ހުރީ އޭނާ އެކަންޏެވެ.
މީޑީއާއަށް ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުން މިހާދިސާ ހިނގީ ރޭ ދަންވަރު 1 ޖަހަން އުޅެނިކޮށެވެ. މިހާދިސާ ހިނގާފައި ވަނީ ފުވައްމުލައް ސިޓީ ސްޓޭޑިއަމް ސަރަހައްދުގައި ހުރި ސްޕީޑް ބްރޭކަރުގައި އޭނާ ދުއްވި ސައިކަލު ޖެހި ކޮންޓްރޯލް ނުވެ ސައިކަލާއެކު އޭނާ ވެއްޓުމުގެ ސަބަބުން ކަމަށް ވެއެވެ.
މިހާދިސާގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް ވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.
ޚިޔާލުތައް
ޚަބަރު ލިޔުމުގެ ފެންވަރު ވަަރަށް ދަށް . ޢިބާރާތް ރަނގަޅަށް ކުރެވޭ ފެންވަރުގެ މީހުން ޅަބަރު ލިޔުމަށް ގޮވައިލަން
ތިޔާއަދިސައިކަލުދުއްވާލެވެނީކޮއްކޮމެއްނޭބުނީކަން?
ސްޕީޑްބްރޭކަރ އައިސް ސައިކަލްގަ ޖެހުނީ ދެން!
މިފޮޓޯގަ މިފެންނަނީ ސައިތާނެއްތަ ނޫނީ އިންސާނެއްތަ