25 ފެބުރުއަރީ 2020 ( އަންގާރަ )

banner

އެކްސިޑެންޓްވި ސައިކަލް - ފޮޓޯ ޕޮލިސް މީޑީއާ

އެކްސިޑެންޓްވެ ކޯމާއަށް ދިޔަ ޒުވާނާ އަދިވެސް ހޭނާރާ

ބާރު ސްޕީޑްގައި ސައިކަލު ދުއްވަނިކޮށް މިދިޔަ ހޯމަ ދުވަހުގެ ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް އައިލާއިން މީޑީއާއަށް މައުލޫމާތު ދެއެވެ. ފުވައްމުލައް ސިޓީ ނައިބު ތުއްތު މަގުގެ ސްޓޭޑިއަމް ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްވި ސައިކަލުގައި އިނީ އެޒުވާނާ އެކަންޏެވެ.

މިހާދިސާގައި ސައިކަލުން ވެއްޓި އަދިވެސް ހޭނާރާ އޮތީ ހޯދަޑު އަވަށު، ސަނީ ސައިޑ،ް ހަސަން ޒާހިރު، (26 އަހަރު) އެވެ.

މިިދިޔަ އަންގާރަ ދުވަހު އިތުރު ފަރުވާ އަށް އޭނާ މާލެ ގެންގޮސް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ‘މިހާރު ނޫހަށް’ ބުނެފައިވެއެވެ.

“އޭނާ އަދިވެސް ހެއެއް ނާރާ. ޑޮކްޓަރުން ވިދާޅުވަނީ އޭނާގެ ހާލަތާ ގުޅޭގޮތުން އިތުރު އެއްޗެއް ދަންނަވަން އިނގޭނީ ހޭ އެރީމާ ކަމަށް،” އާއިލާގެ ފަރާތުން ވަހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

ނޮވެމްބަރު 4 ވީ ހޯމަ ދުވަހުގެ ރޭ ދަންވަރު 1 ޖަހަން އުޅެނިކޮށް ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާ ދުއްވި ސައިކަލު ކޮންޓްރޯލް ނުކުރެވި ގޮސް ސްޕީޑް ބްރޭކަރެއްގައި ޖެހިގެންނެވެ.

ހެލްމެޓަކީ ބޮޑެތި އެކްސިޑެންޓްތަކުގައި ފުރާނަ ސަލާމަތްކޮށްދޭ މުހިންމު އެހީއެއް. ހަލްމެޓް މަޖުބޫރު ވަނީ…؟

ފުވައްމުލައް ސިޓީ ތާރުމަގުގައި ބާރު ސްޕީޑްގައި ސައިކަލް ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާތަކެއް މީގެ ކުރިން ވެސް ހިނގާފައި އެބަހުއްޓެވެ. އެގޮތުން އެމަގުގެ އެއްފަރާތުން ޖޮގިން އަށް ދުވަމުން ދިޔަ މެދުއުމުރުގެ މީހެއްގެ ފުރާނަ ވެސް ސައިކަލު އެކްސިޑެންޓެއްގައި ގެއްލިގެން ގޮސްފައެވެ.

ބާރު ސްޕީޑްގައި ދުއްވާ ބައެއް ޒުވާނުންނަށް ސްޕީޑް ބްރޭކަރު ތަކަކީ އެއިގެ މަތިން އެމީހުން ‘އުދުހެން” ހުންނަ ތަންތަން ހެން ހީވާ ކަހަލަ އެވެ. ސްޕީޑް ބްރޭކަރަށް މަޑު ނުކޮށް އެއިގެ މަތިން ސައިކަލުގައި ފުންމައިގެންދާ ތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެފަދަ ކންކަން ރޭގަނޑުގެ ދަންވަރު ގަޑިތަކުގައި ވަކިން ގިނަ ކަމަށް ވެއެވެ.

ފަސޭހަ މަގުތަކުގައި ދުއްވާއިރު ތިމާއާއި އެހެންމީހުންގެ ސަލާމަތަށް އިސްކަން ދިނުން މުހިންމުކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ރޭގެ އެކްސިޑެންޓްގައި ކޯމާއެއްގައި އޮތީ ހޯދަޑު އަވަށު ސަނީސައިޑް ހަސަން ޒާހިރު، 26 އަހަރު.


ކިޔުންތެރިންގެ ޚިޔާލު