A wide advertisement which will be shown on all devices. (700 x 100)

ކޮޕާ އެމެރިކާގެ 3 ވަނަ ކޮލަމްބިއާ އަށް

ކޮލަމްބިއާ އަށް ކޮޕާ އެެމެރިކާ ސެންޓެނާރިއޯ މުބާރާތުން ލިބުނީ 3 ވަނަ. ފޮޓޯ؛ އޭޕީ

އެމެރިކާގައި މިހާރު ކުރިޔަށްދާ ކޮޕާ އެމެރިކާ ސެންޓެނާރިއޯ ފުޓުބޯޅަ މުބާރާތުގައި ރޭ ފަތިހު ކުޅެވުނު 3 ވަނަ ހޮވާ މެޗު ކާމިޔާބުކޮށް ކޮލަމްބިއާއިން ވަނީ 4 ވަނަ ފަހަރަށް މުބާރާތުގެ 3 ވަނަ ހާސިލުކޮށްފައެވެ. ރޭގެ މެޗުގައި މުބާރާތް ބޭއްވޭ އެމެރިކާގެ މައްޗަށް ކޮލަމްބިއާއިން ކުރި ހޯދީ ފުރަތަމަ ހާފުގައި ޖެހި ގޯލަކުންނެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ހަމޭސް ރޮޑްރިގޭޒްގެ ކޮލަމްބިއާ ޓީަމށް ގޯލު ޖަހިއިދިނީ މެޗުގެ 31 ވަނަ މިނިޓުގައެވެ. ކުއާޑްރާޑ އަރިމަތިން، ރިއަލްމެ ޑްރިޑަށް ކުޅޭ ހަމޭސް ރޮޑްރިގޭޒް އަށް ހުރަސްކޮށްދިން ބޯޅަ އޭނާ ޗިޕެއް ޖަހައި ޑިފެނޑަރުން ގެ ބޯމަތިން ވައްޓާލުމުން އެޓީމުގެ އެހެން ކުޅުންތެރިއަކު ދުވެ ކުރިއަށް އަރާ ގޯލް ކުރިމައްޗަށް ހުރަސް ކޮށްދިނުމުން ވެއްޓިގެންފައި ފައިގެ ދަށްފުށުން ޖަހައި ގޯލުގެ ކަނަށް ބޯޅަ ވައްދާލީ ކޮލަމްބިއާގެ ފޯވަޑް ކާލޯސް ބަކާއެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް އެމެރިކާއަށް ވެސް ފުރުސަތުލިބި ބޭކާރުވެގެން ދިޔައީއެވެ. އެގޮތުން އެޓީމުގެ ޑެމްސީ ފޮނުވާލި ހިލޭ ޖެހުން ފުޅައްމަތިން އެންބުރިގެން ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ކޮލަމްބިއާގެ ކީޕަރު އޮސްޕިނާ ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލާފައެވެ. ކޮލަމްބިއާ ޓީމަށް ވެސް ނަތީޖާގެ ތަފާތު ބޮޑުކޮށްލުމަށް ލިބުނު ފުރުސަތުތައް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

އެމެރިކާއިން މިފަހަރު ވެސް މުބާރާތް ނިންމާލަން ޖެހުނީ ކުރީގެ (1995ގެ) ވެސް ނަތީޖާ، 4 ވަނާގައެވެ. މެޗުގެ އިތުރު ވަގުތުގައި ދެޓީމުގެ ދެކުޅުންތެރިންނަށް ވަނީ ރަތްކާޑު ދައްކާފައެވެ.

މިރޭ ފަތިހު މިމުބާރާތުގެ ފައިންލ މެޗު ކުޅެވޭނެއެވެ. މިމެޗުގައި ބައްދަލުކުރަނީ ފާއިތުވި އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ވެސް ފައިނަލުގައި ކުޅުނު އާޖެންޓީނާއާއި ޗިލީއެވެ. އެފަހަރު ޕެނަލްޓީ ޖަހައިގެން މުބާރާތް ކާމިޔާބުކުރީ ޗިލީއެވެ. އެކަމަކު މިދެޓީމު މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު 2-1ން ކާމިޔާބުކުރީ އާޖެންޓީނާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !