A wide advertisement which will be shown on all devices. (700 x 100)

އަތޮޅުތައް ފަޅުވެ މާލެއަށް އާބާދީ ތޮއްޖެއްސުމާ، އަތޮޅުތަކުގެ ތަރައްޤީގެ ކުރިމަގާބެހޭ ފޮތެއް ނުކުމެއްޖެ

މުނާ މުޙައްމަދުގެ "ފަޅު އަލި ރަންމުތް"

ރާއްޖޭގެ އާބާދީ މާލެއަށް ހިޖުރަކޮށް މާލެ ތޮއްޖެހުމާއި، އަތޮޅުތަކުގައި ކުރަމުންދިޔަ އިޤްތިސާދީ މަސައްކަތްތައް ބަދަލުވި ގޮތުގެ ތާރީޚާއި ރާއްޖެއަށް ޚާއްސަކޮށް އަތޮޅުތަކަށް ދެމެހެއްޓެނިވި ހަމަހަމަ ތަރައްގީއެއް ކަށަވަރުކުރުމަށް ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުވާލައި “ފަޅު އަލި ރަންމުތް” މިނަމުގައި ފޮތެއް ޝާއިޢު ކޮށްފިއެވެ.

“ފަޅު އަލިރަން މުތް” މިފޮތުގެ ފުރަތަމަ ބައި ޚާއްޞަކޮށްފައިވަނީ ރާއްޖޭގެ ރަށްތަކާއި އެރަށްތަކުގެ ބޮޑުމިނާއި، އަތޮޅުތަކުގެ އާބާދީ އަތޮޅުގައި އުޅޭ ނުވަތަ ނޫޅޭ މިންވަރާ ބެހޭ މަޢުލޫމާތުގެ އިތުރުން ޒަމާންވީ އިޤްތިޞާދީ މަސައްކަތްތަކުގައި ރައްޔިތުން ބައިވެރިވުން އޮތް މިންވަރު ގެނެސްދިނުމަށެވެ. އޭގެ އިތުރުން ކަނޑާއި ވައިގެ ދަތުރުފަތުރު ކޮށްފައިވާ މިންވަރާބެހޭ މަޢުލޫމާތުވެސް ފޮތުގެ ފުރަތަމަ ބައިގައި ހިމަނާފައިވެއެވެ. ފޮތުގެ ފުރަތަމަ ބައިގައި ރާއްޖޭގެ ކޮންމެ އަތޮޅަކަށް އެއަތޮޅެއްގެ މަޢުލޫމާތު އެކުލެވޭ ވަކި ޗެޕްޓަރއެއް ހިމަނާފައިވެއެވެ.

ފޮތުގެ 2 ވަނަ ބައިގައި ރާއްޖޭގެ ވިޔަފާރީގެ ތާރީޚާއި ޒަމާންވީ އިޤްތިޞާދީ މަސައްކަތްތައް ބަދަލުވިގޮތާއި، އަތޮޅުތަކުގެ ރައްޔިތުން އެކި ބޭނުންތަކަށް މާލެއަށް ހިޖުރަކުރަން މަޖުބޫރުވުމުގެ ނަތީޖާ ގެނެސްދީފައެވެ. ފޮތް ނިންމާލާފައިވާނީ ރައްޔިތުންނަށް އިޤްތިޞާދީ އިންސާފުލިބޭ، ދުޅަހެޔޮ، ތިމާވެއްޓާ ރައްޓެހި ދިރިއުޅުމެއް ހޯދައި ދިނުމަށްޓަކައި، ރާއްޖޭގެ ކުރިމަގު ބައްޓަން ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ ހުށަހެޅުން ތަކަކުންނެވެ.

ފަޅު އަލިރަންމުތް ލިއުއްވާފައިވަނީ އަލްފާޟިލާ މުނާ މުޙައްމަދެވެ. 2006 ވަނަ އަހަރު މުނާ މުޙައްމަދުގެ ފުރަތަމަ ފޮތް “ވިޔަފާރި: ފެށުން. ތަންފީޒުކުރުން. ކާމިޔާބު ވަޒަންކުރުން” ނެރެވުނެވެ. އެއީ މިދާއިރާއިން ރާއްޖޭގައި ދިވެހިބަހުން ލިޔެވިގެން ނެރެފައިވާ ފުރަތަމަ ފޮތެވެ. “ފަޅު އަލިރަން މުތް” ލިބެން ހުރީ ނޮވެލްޓީ ބުކްޝޮޕުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !