ފުވައްމުލަކާއި އައްޑު އަތޮޅަށް ބަހުގެ ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް ) އިން 13 ބަސް ރާއްޖެ ގެނެސްފި އެވެ. މި ބަސްތަކަށް ގާތްގަނޑަކަށް 800،000 ޑޮލަރު (12 މިލިއަން ރުފިޔާ) ހަރަދު ކުރިކަމަށް އެމްޕީއެލް ގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖުނައިދު ވިދާޅުވިއެވެ.
ފުވައްމުލަކަށާއި އައްޑުއަށް މިބަސްތައް ގެންދިއުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެމްޕީއެލް އިން ވަނީ އިއުލާންކޮށްފަ އެވެ. މިކަލް ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލް އިން ގެނެސްފައިވަނީ އިންޑިއާގެ އަޝޯކްލޭލޭންޑްގެ މުޅިން އާ ބަސްތެކެކެވެ.
މީގެ ކުރިން އެމްވީކޭއިން ވެސް ވަނީ އިންޑިއާގެ ޓާޓާ ބްރޭންޑްގެ ބަސްތަކެއް ގެނެސް ޚިދުމަތް ދޭން މަސައްކަތްކޮށްފައެވެ. ނަމަވެސް އެންމެ އެދެވޭ ގޮތުގައި ޚިދުމަތް ނުދެވުމުގެ ސަބަބުން ސަރުކާރުން ވަނީ އެމަސައްކަތް އެމްޕީއެލް އާއި ހަވާލުކޮށްފައެވެ.
ޚިޔާލުތައް