A wide advertisement which will be shown on all devices. (700 x 100)

ގައުމީ ޔުނިވަރސިޓީގެ 3 ކޯހެއް ފުވައްމުލަކުގައި ފަށަނީ

ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ އޯޕަން ލާރނިންގ(ކޮލް) އިން ފުވައްމުލަކުގައި ގާއިމުކޮށްފައިވާ އައުޓްރީޗް ސެންޓަރުގައި އިތުރު 3 ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިކަލްނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ކޮލްގައި އަލަށް ފަށަން ހުޅުވާލާފައި ވަނީ ޕްރީސްކޫލް މުދައްރިސުންގެ ޑިގްރީ ކޯހަކާއި، ހިއުމަން ރިސޯސް މެނޭޖްމެންޓްގެ އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ކޯހެއްގެ އިތުރުން އޯލެވެލް ފެންވަރުގެ އިނގިރޭސި ކޯހެކެވެ.

ބެޗެލަރ އޮފް އެޑިއުކޭޝަން އިން އާރލީ ޗައިލްޑް ހޫޑް (ޕްރީސްކޫލް ޓީޗިން) ކޯހަށް ވަދެވެނީ އޭލެވެލް އަދި އެޗްއެސްސީ ހިމެނޭ ގޮތަށް 2 މާއްދާއިން ފާސްވެގެން ނެވެ. ނުވަތަ އެދާއިރާގެ އެޑްވާނސްޑް ސެޓްފިކެޓެއް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. މިއީ ވަޒީފާގައި އުޅެމުން، ބްލޮކް މޯޑަށް ކިޔަވާ 5 އަހަރު ދުވަހުގެ ކޯހެކެވެ.

އެޑްވާންސްޑް ސެޓްފިކެޓް އިން ހިއުމަން ރިސޯސް، މުވައްޒަފުން ބެލެހެއްޓުމުގެ މިކޯހަކީ ކުރިން ވެސް ފުވައްމުލަކުގައި ކުރިޔަށް ގެންގޮސްފައިވާ 2 އަހަރު ދުވަހުގެ ޕާޓްޓައިމް ކޯހެކެވެ. މިކޯހުގެ އާ ބެޗެއް ފެއްޓުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މިކޯހުގެ ޝަރުތަކީ އޯލެވެލް އަދި އެސްއެސްސީ ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައި ވުމެވެ.

އިންގްލިޝް ފޯރ ފާދަރ ސްޓަޑީޒް، އޯލެވެލް ފެންވަރުގެ އިނގިރޭސި ކޯހަކީ ޔުނިވަރސިޓީގެ އެހެން ކޯސްތަކަށް ވަނުމަށް ބޭނުންވާ އިނގިރޭސި ފާހެއް ހޯދައިދިނުމުގެ ގޮތުން ކުރިޔަށް ގެންދާ ފައުންޑޭޝަން ލެވެ ކޯހެކެވެ. މިކޯހަށް ވަދެވޭ ޝަރުތަކީ ގްރޭޑް 10ގައި އިނގިރޭސި ކިޔަވާފައިވުމެވެ.
ޔުނިވަރސިޓީގެ މިހުރިހާ ކޯހަކީވެސް ވަރަށް ކުޑަ ފީއެއްގައި ވަޒީފާ އަދާކުރަމުން ބަންދު ދުވަސްތަކުގައި ކިޔެވުން ބާއްވާ ގޮތަށް ކުރިޔަށް ގެންދާ ކޯސްތަކެކެވެ.

މީގެ އިތުރުން މިހާރުވެސް ޔުނިވަރސިޓީގެ 3 ކޯހެއް ފުވައްމުލަކުގައި ކުރިޔަށް ގެންދެއެވެ. އެއީ ޕްރައިމަރީ މުދައްރިސުކަމުގެ ޑިގްރީ ކޯހަކާއި ދިވެހިބަހުގެ މުދައްރިސްކަމުގެ ޑިގްރީ ކޯހެއްގެ އިތުރުން އިނގިރޭސި ކޯހެކެވެ. މިކޯސްތަކަށް ފޯމު ހުށަހެޅުން މި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން “ފަސްޓް ކްމް ފަސްޓް ސާރވް’ ބޭސިސްގެ ދަށުން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މިހުރިހާ ކޯސްތަކަކީ ވެސް ފުވައްމުލަކު އަތޮޅު ކައުންސިލާއި ގައުމީ ޔުނިވަރސިޓީ އާއި ދެމެދު ގާއިމުކުރެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިޔަށް ގެންދާ ކޯސްތަކެކެވެ. ހުރިހާ ކޯސްތަކެއްގެ ކިޔެވުންވެސް އޮންނަނީ އަތޮޅު ކައުންސިލްގެ އިމާރާތްތަކުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !