A wide advertisement which will be shown on all devices. (700 x 100)

ބޯހިމެނުމުގައި ހިމެނިފައިވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދުން

މިއަހަރު ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި ހިމެނިފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ދެބައިކުޅަ އެއްބަޔަށް ވުރެ މަދުންކަން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމް ގެ ވާހަކަފުޅުން ހާމަ ވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ އިމިގްރޭޝަނުގެ ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި 120،000 ބިދޭސީން ދިރިއުޅޭ ކަމަށާއި، އޭގެ ތެރެއިން 30،000 މީހުން ދިރިއުޅެނީ ގަވައިދާއި ހިލާފަށް ކަމަށެވެ. ނާޒިމް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޑިފެންސް ގެ ދަށުން ހިންގާ މުއައްސަސާތަކުން ކުރެވުނު މަސައްކަތާއި ގުޅޭ މައުލޫމާތު މީޑިއާ އަށް ދިނުމަށް ކޯސްޓްގާޑް ބިލްޑީންގ އިއްޔެ ބޭއްވި ނޫސްވެރިން ގެ ބައްދަލުވުމުގައެވެ.

ނަމަވެސް، މިއަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގައިވާ ގޮތުން ރާއްޖޭގައި ތިބީ 58،683 ބިދޭސީންނެވެ. އެހެންކަމުން، 14 މިލިއަނަށްވުރެ ބޮޑު އަދަދެއް ބޯހިމެނުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވި 3،500 އެނިއުމަރޭޓަރުން ހޭދަ ކޮށްގެން ކުރިއަށް ގެންދިޔަ ބޯހިމެނުމުގައި ހިމެނިފައިވަނީ ބިދޭސީންގެ އާބާދީގެ 48 އިން ސައްތައެވެ.

ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް އިތުރަށް ވިދާޅުވީ، ހިމެނުމުގެ ހިސާބުތައް ރަނގަޅު ނޫން ކަމަށާއި، އެކަން އެގޮތަށް ދިމާވީ، ގިނަ ބިދޭސީން މައުލޫމާތު ނުދިނުމުން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް، ބޯހިމެނުމަކީ މުޅި އާބާދީ މިނަންޖެހޭ ތަފާސް ހިސާބެއް ކަމަށް މާހިރުން ދެކިލައްވައެވެ.

ރާއްޖޭގައި ތިބިކަމަށް ބޯހިމެނުމުން ދައްކާ 58،000 ބިދޭސީންގެ ތެރެއިން 524 ބިދޭސީން ނަކީ ފުވައްމުލަކުގައި ތިބި ބިދޭސީން ކަމަށް ބޯހިމެނުމުން ދައްކައެވެ. އިމިގްރޭޝަންގެ މިހިސާބު ތަކަށް ބަލާއިރު ފުވައްމުލަކުަގއި ތިބި ކަމަށް ބޯހިމެނުމުން ދައްކާ 524 އަށްވުރެ ގިނަ ބިދޭސީން ފުވައްމުލަކުގައި ތިބޭނެ ކަމަށް ބެލެވެއެވެ.

އަށް އަހަރު ފަހުން ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން އެއްކުރާ މިފަދަ މުހިންމު ތަފާސް ހިސާބު ތަކުގައި މުޅި އާބާދީ ހިމެނިފައި ނުވާ ނަމަ އެފަދަ ތަފާސް ހިސާބުތަކަށް ބަރޯސާވެވޭ މިންވަރު ކުޑަވެގެން ދާނެ ކަމަށް ބެލެވެއެވެ. އަދި އެފަދަ ތަފާސް ހިސާބުތައް ބޭނުންކޮށް ގެން ކުރިމަގު ރާވުމުގައި ތަފާތު ގޮން ޖެހުންތަކާއި ދިމާވާނެ ކަމަށް ބެލެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !